ލަންކާގެ މީޑިއާތަކުން ރިޕޯޓް ކުރި ގޮތުގައި ޔޫއެލް 606 ފްލައިޓަށް ހޮނު އަޅާފައިވަނީ ރޭގެ ވަގުތެއްގައި އެއާޕޯޓުން ނައްޓާލިތާ ކުޑަ ވަގުތުކޮޅެއް ފަހުން އެވެ. ސްރީލަންކަން އެއާލައިންސުން މިއަދު ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބޯޓުގެ މިސްރާބު ބަދަލުކޮށް އަނބުރާ ކަޓުނަޔަކަ އެއާޕޯޓަށް ޖެއްސީ ކަމަށާއި މި ހާދިސާގައި ނުރައްކާތެރި އެއްވެސް ކަމެއް ނުހިނގާ ކަމަށް ވެސް ބުންޏެވެ.
މި ފްލައިޓް ކުއްލި ގޮތަކަށް ޖައްސާފައިވާއިރު، އެ ފްލައިޓުން ދަތުރު ކުރަން ތިބި ފަރާތްތަކުން އެހެން ފްލައިޓެއްގައި މިހާރު ވަނީ ފޮނުވާލައިފަ އެވެ. ނަމަވެސް، މި ކަމުގެ ސަބަބުން ދަތުރު ފެށުނީ ފަސް ގަޑިއިރަށްވުރެ ވެސް ލަހުންނެވެ.
ސްރީލަންކަން އެއާލައިންސްގެ ތަރުޖަމާނަކު ކަށަވަރުކޮށްދީފައިވާ ގޮތުގައި ހާދިސާގެ ސަބަބުން އެއްވެސް ފަސިންޖަރަކަށް އަނިޔާވެފައެއްނުވެ އެވެ. އަދި ބޯޓަށްވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;