ads
ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޑރ. މުހައްމަދު އަލީ
ޑރ. މުހައްމަދު އަލީގެ މޫނު ދެއްކުން 16:00ގެ ފަހުން، ކަށުނަމާދު އިޝާއަށް ފަހު
ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަދި ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް ޑރ. މުހައްމަދު އަލީގެ ކަށު ނަމާދު މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ނިންމައިފި އެވެ.
Advertisement

ދައުލަތަށް 25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމްތަކުރެއްވި ޑރ. މުހައްމަދު އަލީ އުމުރުން 67 އަހަރު ފުޅުގައި އަވަހާރަވީ އިއްޔެގެ ހަވީރުގެ ވަގުތެއްގަ އެވެ.  އަވަހާރަވީ ދިހަ ވަރަކަށް މަސްދުވަހު ކެންސަރުގެ އާލާސްކަންފުޅުގައި އަޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވިކޮށެވެ. 

ޑރ، މުހައްމަދު އަލީގެ ޖަނާޒާގެ ކަންކަން ބޭއްވުމަށް ނިންމާފައިވަނީ މިރޭ އިޝާ ނަމާދަށް ފަހު އެވެ. މޫނު ދެއްކުން އޮންނާނީ މިއަދު 16:00 ފެށިގެން އިސްލާމީ މަރުކަޒު ގައެވެ. އަދި ކަށު ނަމާދު އޮންނާނީ އިޝާއަށް ފަހު އިސްލާމީ މަރުކަޒު ގައެވެ. 

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޑރ. މުހައްމަދު އަލީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް، އަދި ފަހުން އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމަށް ވެސް އޭނާ އައްޔަންކުރެއްވި އެވެ. އަދި ދެން އައި ސަރުކާރު ކަމަށްވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.

މީގެ އިތުރުން ޑރ. މުހައްމަދު އަލީ ވަނީ ގައުމީ ޕާޓީގައި ގިނަ މަސައްކަތްތަކެއް ކުރައްވައި، އަދާލަތު ޕާޓީގައި ވެސް މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް