ads
އާޒިމްއާ އަނބިކަނބަލުން ނަޝީދާ
އަމިއްލަ ގޯތިން އާޒިމަށް ލިބުނު ބައި ހިބައިން އަނބިކަނބަލުންނަށް
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ އަމިއްލަ ގޯތިން އޭނާއަށް ލިބުނު ބައި ހިބައިން އަނބިކަނބަލުން އައިޝަތު ނަޝީދާއަށް ހިބައިން ދީފި އެވެ.
Advertisement

މޭޔަރު އާދަމް ޢާޒިމް އަނބިކަނބަލުންނަށް ދީފައިވަނީ އާއިލީ ގޯތި  ހ. މާދޫފިޔާއިން ލިބުނު ބައެވެ. މި ބައި ހިބައިން ނަޝީދާއަށް ދިނުމަށް ހުށައެޅި މައްސަލަ ސިވިލްކޯޓުން ވަނީ ނިންމާފަ އެވެ. 

އެކޯޓުގެ ނިންމުމުގައިވަނީ ހ. މާދޫފިޔާއިން އާދަމް ޢާޒިމަށް ލިބުނު ބައި އޭނާގެ އަނބިކަނބަލުންނަށް ހިބައިން ދިނުމަށް އާޒިމްގެ މަންމާފުޅު އައިޝަތު މޫސާއާއި، އަންހެންދަރިކަނބަލުން އިއުތިރާޒު ނުކުރާކަމަށެވެ. އަދި އާޒިމް ޝަރުއީގޮތުން ބަލަންޖެހޭ ފަރާތްތައް ދިރިއުޅޭނެ އިންތިޒާމު މ. ސީނުކަރަންކާގޭގައި ހަމަޖެހިފައިވާކަމަސްވެސް ކޯޓުގެ ނިންމުމުގައި ވެއެވެ.

871.25 އަކަފޫޓުގެ މާދޫފިޔައިން ޢާޒިމަށް ލިބުނު ބައި އަނބިކަނބަލުން މއ. ޗަނބޭލީމާގެ، ޢާއިޝަތު ނަޝީދާއަށް ހިބަކޮށްދިނުމުން އެ ހިބަ ނަޝީދާ ގަބޫލުކޮށްފައިވާކަމަށް ސިވިލްކޯޓުގެ ނިންމުމުގައި ވެއެވެ. އެހެންކަމުން ގާނޫނީ ގޮތުން އެ ނިންމުން ސައްހަކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. 

ކޯޓުގެ ހުކުމުގައި ވާ ގޮތުން އެ ގޯތީގެ މިލްކުވެރިކަމާ މެދު ދައުވާކުރާ ފަރާތެއް ވާނަމަ އެކަން އެންގުމަށް ކޯޓުން އިއުލާންކުރުމުން އެއްވެސް ފަރާތަކުން އެތަނުގެ މިލްކުވެރިކަމާއި މެދު ދައުވާކޮށްފައި ނުވާކަމަށް ކޯޓުން ބުނެ އެވެ. އަދި ގޯއްޗަކީ ރަހުނުކޮށް ނުވަތަ ކުއްޔަށް ދީފައިވާ ތަނެއް ނޫންކަންވެސް ސިވިލް ކޯޓުގެ ހުކުގައި ވަނީ ފާހަގަކޮށްފަ އެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް