ads
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މީހަކު ވޯޓްލަނީ
ނަޝީދާއި މީކާއީލްގެ ކުރިމަތިލުން، ވޯޓުލުން ފަށައިފި
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ އިންތިހާބުގެ ވޯޓުލުން ފެށައިފިއެވެ.
Advertisement

މި އިންތިހާބުގައި ވާދަ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ މަޖިލިސް މެމްބަރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އެވެ. 

މިހާރު ކުރިޔަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި 50،176 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވެއެވެ.

މި އިންޔިހާބުގެ ވޯޓުލުން މިެަފު 14:30 އިން މިރޭ 20:30 ކުރިޔަށްދާނެއެވެ.  ވޯޓުލާ ނިމުމާއެކު ވޯޓުގެ ގުނަން ފަށާނެއެވރ. 

މިއަދުގެ އިންތިހާބުގައި 241 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. ރާއްޖޭގެ އިތުރުން ލަންކާގައިވެސް ވަނީ ވޯޓް ފޮއްޓެއް ބަހައްޓާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;