ads
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު - ފޮޓޯ: އޭއެފްޕީ
ޓްރަމްޕު ވިދާޅުވުމެއް؛ އީރާނާ ސުލްހަވުމުގެ އެއްބަސްވުމަކާ ވަރަށް ގާތްވެއްޖެ!
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމުމަކަށް ގެނެސް "ސުލްހަ" ވުމުގެ އެއްބަސްވުމަކާއި ގާތަށް ގޮސްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
Advertisement

ޓްރަމްޕް ވިދާޅުވީ، މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ނައިބު ރައީސް ޖޭޑީ ވެންސް ކަމަށެވެ. އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 4.4 ޕަސެންޓު ދަށަށް ގޮސްފަ އެވެ.

"އަޅުގަނޑުމެން މިވަނީ އީރާނާ އެކު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބޮޑު އެއްބަސްވުމެއް ގާއިމުކޮށްފައި،" އޯވަލް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕް ވިދާޅުވި އެވެ.

އީރާނާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް މިކަމުގައި އީރާނުން ބުނަނީ އެމެރިކާގެ ރައީސްގެ ވާހަކަ މުޅިން "ފުރިހަމަ" ނުވާ ކަމަށެވެ. އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެއްބަސްވުމަކާ މެދު އީރާނުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. 

އީރާނުން ދަނީ ހަނގުރާމަ ހުއްޓާލުމުގެ ސަރުތެއްގެ ގޮތުން، ހިފަހައްޓާފައިވާ އެތައް ބިލިއަން ޑޮލަރެއްގެ އެސެޓްތައް ދޫކޮށްލުމަށް އެދެމުންނެވެ.

ބައެއް މަސްދަރަކުން ބުނާ ގޮތުގައި، އީރާނުން ދީފައިވާ ހަމަލާތަކުގެ ސަބަބުން ގަލްފުގެ ގައުމުތަކަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް، އީރާނުގެ މި އެސެޓްތައް ބޭނުންކުރުމުގެ ފުރުސަތު އޮތްތޯ އެމެރިކާގެ ޓްރެޒަރީން ދަނީ ބަލަމުންނެވެ. 

ނަމަވެސް މިކަމާއި އީރާން ވަނީ ފާޅުގައި ދެކޮޅު ހަދާފަ އެވެ. އީރާނުގެ އެސެޓްތައް ދޫކޮށްލުމަށް ނުވަތަ އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އުވާލުމަކީ އީރާނުން ދޫ ދި ނުމުގައި އެންމެ އިސްކަންދޭ ޝަރުތުތަކެވެ.

އޭޕްރީލް މަހު ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވެފައިވީ ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ދޭތެރެދޭތެރެއިން ހަމަލާތައް ބަދަލުކުރެވެމުންދެ އެވެ. މި ހަފުތާގައި ވެސް ދެ ފަހަރެއްގެ މަތިން ހަމަލާ ބަދަލުކޮށްފައިވެ އެވެ. އެއީ ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި އީރާނުން އެމެރިކާގެ އަސްކަރީ ހެލިކަޕްޓަރެއް ވައްޓާލި ކަމަށް ބުނެ އެވެ. އެމެރިކާގެ އެ ހަމަލާއާއި ގުޅިގެން އީރާނުން ވަނީ މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތަކެއް ދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;