ads
ރައީސް ނަޝީދު
މިއީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު ބޮޑު މޮޅެއް: ނަޝީދު
މިއަދު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އިންތިހާބުގައި ލިބުނު ކާމިޔާބީއަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ބޮޑު މޮޅެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފި އެވެ.
Advertisement

އެމްޑީޕީން އަދި ވަގުތީ ނަތީޖާ އިއުލާނު ނުކުރިޔަސް، މިހާތަނަށް ގުނާފައިވާ ފޮށިތަކުން ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައިވަނީ ނަޝީދެވެ. އަދި މި ކާމިޔާބީ ފާހަގަކުރަން، މިރޭ އާޓިފިޝަލް ބީޗަށް އެއްވާން ވެސް އެމްޑީޕީގެ މެމްބަރުންނަށް ނަޝީދު މިހާރު ވަނީ ދައުވަތު އަރުވައިފަ އެވެ. 

ފާހަގަކުރެވޭ ގޮތުގައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ އެކު ނަޝީދު މަސައްކަތްކުރައްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުން ފެނުނީ މީކާއީލްގެ ކެމްޕެއިނުންނެވެ.

"އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށާއި ބޮޑު ބަދަލު ކެމްޕޭން ޓީމަށް ނުހަނު ގިނަ ޝުކުރު. މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ އާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް. ކެންޑިޑޭޓު މީކާއިލް ނަސީމަށް ވެސް މަރުހަބާ،" ނަޝީދު ވިދާޅުވި އެވެ.

މި އިންތިހާބުގައި މިހާތަނަށް ގުނު ވޯޓަށް ބަލާއިރު ނަޝީދު ވަނީ 70 ޕަސެންޓާ ގާތްކުރާ އަދަދަކަށް ވޯޓު ކަށަވަރުކުރައްވާފަ އެވެ. އެއާއެކު، ނަޝީދަށް ތާއީދުކުރާ އެމްޑީޕީ މެމްބަރުން މިހާރު އަންނަނީ އެމަނިކުފާނަށް މަރުހަބާ ކިޔަމުންނެވެ.

އެގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، އެ އިންތިހާބުގައި އެމަނިކުފާނާއި ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވެސް ވަނީ މަރުހަބާ ދަންނަވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;