ކެނެޑާގެ ޓޮރޮންޓޯގެ ބީއެމްއޯ ފީލްޑްގައި ރޭ ކުޅުނު ގްރޫޕު ބީގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ބޮސްނިއާ އިންނެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓްގައި ކޯނަރެއްގައި ކެޕްޓަން ކޮލަސިނަޗް ބޮލުން ޖައްސާލި ބޯޅަ، ޖޮވޯ ލުކިޗް ވަނީ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ވާދަވެރި ކުޅުމަކުން ފުރަތަމަ ހާފް ނިމި ދެވަނަ ހާފު ފެށިގޮތަށް ކެނެޑާއިން ހަމަލާތައް އުފައްދަން ފެށި އެވެ. މެޗުގެ ދެވަނަ ހާފުގައި ކެނެޑާއިން ބޮސްނިއާގެ ގޯލަށް ބާރުބޮޑު ކުރި އެވެ. ކެނެޑާއިން މެޗު ކޮންޓްރޯލް ކުރި އެވެ. މަދުވީ ލަނޑެއް އެކަންޏެވެ.
ފީފާ ވޯލްޑް ކަޕްގައި ބޮސްނިއާ ކޮޅަށް ކެނަޑާ އަށް އެއްވަރުކޮށްދިން ލަނޑު ޖެހި ލަރިން އުފާފާޅުކުރަނީ.
މި ލަނޑަކީ ބޮސްނިއާއަށް ލިބުނު ކޯނަރެއްގެ ބޭނުންހިފައި ސައީދު ކޮލަސިނަކް ބޮލުން ގޯލް ކުރިމައްޗަށް ބޯޅައެއް، ލޫކިޗް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖެހި ލަނޑެކެވެ.
ކުޅެން އެރިތާ ދެ މިނިޓެއްހާއިރު ތެރޭ އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ލަރިން ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗުގެ ފަހު މިނެޓުގައި ލާރިންއަށް މެޗުން މޮޅުވާނެ ރަން ފުރުސަތެއް ލިބުނު ނަމަވެސް، ބޮސްނިޔާގެ ޑިފެންޑަރު މުހަރެމޮވިޗް ވަނީ ފުރާނައަށް އަތްލައިގެން ކުރި ހިތްވަރުގަދަ ޓެކުލަކުން އެ ބޯޅަ ބްލޮކްކޮށްފައެވެ.
މި ނަތީޖާއާއެކު ގްރޫޕް ބީ ގައި ހިމެނޭ ދެ ޓީމަށްވެސް 1 ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނެނީ ސްވިޒަލޭންޑް އަދި ޤަޠަރެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;