ads
ފީފާ ވޯލްޑް ކަޕް 2026 ގައި އެމެރިކާއާއި ޕެރަގުއޭ ބައްދަލުކުރި މެޗުގެ ތެރެއިން
ފީފާ ވޯލްޑް ކަޕް: ހަތަރު ލަނޑު ޖަހާ އެމެރިކާ ފެށީ ތަފާތު ބޮޑު ކާމިޔާބީއަކުން!
އެމެރިކާއިން މެޗު ކާމިޔާބު ކުރީ 1-4އިން
އެމެރިކާއިން މެޗު ކާމިޔާބު ކުރީ 4-1އިން
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ އެއްގައުމު ކަމަށްވާ އެމެރިކާއިން ޕެރަގުއޭގެ މައްޗަށް 4-1 ގެ ނަތީޖާއަކުން މިއަދު ހެދުނު ކުރި ހޯދައި އެ ގައުމުން ވޯލްޑް ކަޕްގެ ފެށުން ވަރުގަދަކޮށްފި އެވެ.
Advertisement

މިއީ، ޕެރަގުއޭ އަތުން އެމެރިކާ އިން ޖެހިޖެހިގެން ހޯދި ތިން ވަނަ މޮޅެވެ. އަނެއްކޮޅުން، މިއީ ވޯލްޑް ކަޕަށް ބަލާ ނަމަ މީ އެމެރިކާއަށް ވަރަށް ފުރިހަމަ މޮޅެކެވެ. ސަބަބަކީ މީ ވޯލްޑް ކަޕްގެ މެޗަކުން އެމެރިކާ މޮޅުވި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.

ޕެރަގުއޭ އިން މިއަދުގެ މެޗުގެ ފުރަތަމަ އެޓޭކް ކުރި ނަމަވެސް އޭގެ ފަހުން، ފުރަތަމަ ހާފުގައި މުޅިން ހެން ކުޅުނީ އެމެރިކާ އިންނެވެ. އަދި، އެ ޓީމުން ވަނީ މެޗުގެ ހަތް ވަނަ މިނިޓްގައި ލަނޑު ޖަހައިފަ އެވެ. މިއީ، އެމެރިކާގެ ކްރިސްޓިއަން ޕުލިސިޗް އާއި ވެސްޓަން މެކްކެނީ ގުޅިގެން ކުރި އެޓޭކެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ޕެރަގުއޭގެ ޑަމިއަން ބޮބަޑިއްޔާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. 

އެމެރިކާ އިން ފުރަތަމަ ގޯލާ އެކު ލިބުނު ކޮންފިޑެންސާ އެކު، އިތުރަށް ކުުޅުން ރަނގަޅުކުރި އެވެ. އަދި، ފުރަތަަމަ ހާފުގައި އިތުރު ދެ ގޯލު ޖެހި އެވެ. އެ ގޮތުން، އެމެރިކާ އިން ފުރަތަމަ ހާފުގައި ޖެހި އަނެއް ދެ ލަނޑު ވެސް ކާމިޔާބުުކުރީ ފްލޯރިއަން ބަލޮގަން އެވެ. 

މެޗުގައި ބަލޮގަން ޖެހި ފުރަތަމަ ގޯލު އޮފްސައިޑް ވީ ނަމަވެސް، 31 ވަނަ މިނިޓްގައި އޭރިއާތެރެއަށް ޕުލިސިޗް ދިން ބޯޅައަކުން ހަަމަޖެހިލައިފައި ގޯލަށް ބޯޅަ ވައްދާލައި ބަލޮގަން ވަނީ އެމެރިކާގެ ލީޑުފުޅާކޮށްދީފަ އެވެ. 

your imageވޯލްޑް ކަޕް ގްރޫޕް ޑީ ގެ އެމެރިކާ އަދި ޕެރަގުއޭ ބައްދަލުކުރި ފުޓްބޯޅަ މެޗުގައި، އެމެރިކާގެ ތިންވަނަ ލަނޑު ޖެހުމަށްފަހު އެ ޓީމުގެ ފޯވާޑް ނަންބަރު 20 ފޮލަކިން ބަލޮގުން ޓީމުގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ - ފޮޓޯ: އޭއެފްޕީ


ޕެރަގުއޭއަށް ޖެހުނު ހަމައެކަނި ލަނޑު މެޗުގެ ދެވަނަ ހާފުގައި ޖަހައި ދިނީ މައުރީސިއޯ އެވެ. މި ލަނޑުން މެޗުގެ ނަތީޖާއަށް ބަދަލެއް ނައި ނަމަވެސް، ގްރޫޕް ސްޓޭޖް ނިމޭއިރު ގޯލުގެ ތަފާތުން ކުރިހޯދުމަށް ޕެރަގުއޭއަށް މިއީ މުހިންމު ލަނޑަކަށް ވެދާނެ އެވެ 

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖިއޯ ރޭނާ ފޮނުވާލި ފާހަގަކޮށްލެވޭ ރީތި ހަމަލާއަކުން އެމެރިކާއަށް ވަނީ ހަތަރުވަނަ ލަނޑު ޖަހައިފަ އެވެ. އެ ހަމަލާއާ އެކު އެމެރިކާއިން ވަނީ ބޮޑު މޮޅަކާއެކު މެޗު ނިންމާލާފަ އެވެ.

ރާއްޖެގަޑިން ހޮނިހިރު ދުވަހުގެ ފަތިހު ލޮސް އެންޖެލިސްގެ ސޯފައި ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށުމުގެ ކުރިން ކޭޓީ ޕެރީ، ޓީލާ އަދި ފިއުޗާ ފަދަ މަޝްހޫރު ފަންނާނުންގެ ހުށަހެޅުންތަކާއެކު ކުލަގަދަ ހުޅުވުމުގެ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މެޗު ބަލަން 70492 އަށްވުރެ ގިނަ ސަޕޯޓަރުން ވަދެ ތިއްބެވެ.

ގްރޫޕް ޑީގެ މި މެޗުން މޮޅުވުމަކީ ނޮކްއައުޓް ބުރަށް ދާން އެމެރިކާއަށް ހުޅުވުނު މުހިންމު ދޮރެކެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ތުރުކީ އާއި އޮސްޓްރޭލިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;