މިކޮންފަރެންސް ފައްޓަވާ ދެއްވީ ތައުލީމާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ.އިސްމާއީލް ޝަފީއު އެވެ.
މިއަހަރުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް މުޙައްމަދު މުޖުތާޒް ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ "މޯލްޑިވްސް 2.0" ތަސައްވުރާއެކު ސިވިލް ސާވިސްގެ ހިދުމަތްތައް ބޮޑު ބަދަލެއް އަންނާނެކަމަށެވެ.
އެގޮތުން މި ކޮންފަރެންސްގެ ތެރޭގައި ސިވިލް ސަރވިސްގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދެއްވަމުންދާ ހިދުމަތްތައް ހަރުދަނާކުރުމަށް ޓެކްނޮލޮޖީގެ އެހީގައި ގެނެވޭނެ ބަދަލުތަކާއި މިހާރު ދިމާވަމުންދާ މައްސަލަތަކާއި ގުޅެގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
މިކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައިވަނީ 2026 އިން 2030 ހުގެ ނިޔަލަށް ސިވިލް ސާވިސްގެ އެކްޝަން ޕްލޭން އިފްތިތާހުކޮށްފަ އެވެ. ހަމައެއާއެކު ކޮންފަރެންސްގެ އެބްސްޓްރެކްޓް ފޮތްވަނީ ނެރެފަ އެވެ.
މިއަހަރުގެ ކޮންފަރެންސްގައި ސިވިލް ސާވިސްގެ އެކި އިދާރާތަކުގެ އިސް މުވައްޒަފުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ސިޓީ އަދި ރަށު ކައުންސިލްތަކުން ބައިވެރި ވެއެވެ. ޖުމުލަ 300 ބައިވެރިންނާއެކު ކުރިއަށްދާ މި ބައްދަލުވުމުގައި، ސިވިލް ސާވިސްގެ ކުރިމަގާ ގުޅޭ އަށް ދާއިރާއަކުން 18 ދިރާސީ ކަރުދާސްވަނީ ހުށައަޅާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;