ads
ހިތަދޫ ޕޯޓްގައި މުދާ އުފުލާ ބޯޓެއް
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް ހޭދަވޭ: ކަސްޓަމްސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގައި، ބޯޓު ފުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހާއި، 10 ގަޑިއިރާއި، 14 މިނެޓު ހޭދަވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާމަކޮށްފި އެވެ.
Advertisement

"ޓައިމް ރިލީޒް ސްޓަޑީ 2025" ރިޕޯޓުގައިވަނީ ކަސްޓަމްސްއިން ކުރިއަށްގެންދިޔަ ދިރާސާގެ ހޯދުންތައް އާއްމުކޮށްފަ އެވެ. މި ދިރާސާގައި މުދާ ބޭރުކުރުމުގެ މަރުހަލާގެ ވަގުތު ބަލާފައިވަނީ ކަސްޓަމްސް ޑިކްލަރޭޝަން ހުށަހަޅާ ވަގުތުން ފެށިގެން، މުދާ ބަރުކޮށްގެން ބޯޓު ފުރާ ވަގުތާ ހަމައަށެވެ. ކަސްޓަމްސްގެ އޮފިޝަލުން ފާހަގަކުރައްވާ ގޮތުގައި، މި ހޯދުންތަކުގެ އަލީގައި އިދާރީ އިސްލާހުތަކާއި ޑިޖިޓަލް ނިޒާމުތައް މެދުވެރިކޮށް މުދާ ފޮނުވުމުގައި ހިނގާ ވަގުތު ކުރުކުރެވޭނެ ގޮތްތައް ދެނެގަނެވޭނެ އެވެ.

ކަސްޓަމްސްއިން ބުނީ މުދާ ބޭރުކުރުމުގެ މަރުހަލާގެ ވަގުތު ބަލާފައިވަނީ ކަސްޓަމްސް ޑިކްލަރޭޝަން ހުށަހަޅާ ވަގުތުން ފެށިގެން، މުދާ ބަރުކޮށްގެން ބޯޓު ފުރާ ވަގުތާ ހަމައަށް ކަމަށެވެ. މި ދިރާސާ ރިޕޯޓުގައި ބުނެފައިވަނީ ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގައި، ބޯޓު ފުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް މިހާރު ހޭދަވަނީ 10 ދުވަހާއި، 10 ގަޑިއިރާއި، 14 މިނެޓުކަމަށެވެ.

ކަސްޓަމްސްއިން ފާހަގަކުރާ ގޮތުގައި، މި ހޯދުންތަކުގެ އަލީގައި އިދާރީ އިސްލާހުތަކާއި ޑިޖިޓަލް ނިޒާމުތައް މެދުވެރިކޮށް މުދާ ފޮނުވުމުގައި ހިނގާ ވަގުތު ކުރުކުރެވޭނެ ގޮތްތައް ދެނެގަނެވޭނެ އެވެ.

ދިރާސާއިން ދައްކާ ގޮތުގައި، ޑިކްލަރޭޝަން ހުށަހެޅުމުން ފެށިގެން އެސެސްމަންޓްގެ މަސައްކަތް ނިމުމާ ހަމައަށް ގާތްގަނޑަކަށް 15 ގަޑިއިރާއި ހަ މިނެޓު ހޭދަވެ އެވެ. އަދި ފައިސާ ދެއްކުމުގެ މަރުހަލާއަށް އިތުރު 17 ގަޑިއިރާއި 31 މިނެޓު ހޭދަވެ އެވެ. 

މީގެއިތުރުން ފައިސާ ދެއްކުމަށްފަހު އޮފް-ޝޯ ރިކުއެސްޓާ ހަމައަށް އެވްރެޖްކޮށް އެއްދުވަހާއި، 16 ގަޑިއިރާއި، 55 މިނެޓު ހޭދަވާއިރު، އެ ރިކުއެސްޓަށް ހުއްދަ ލިބުމަށް އިތުރު އެއް ދުވަހާއި، ނުވަގަޑިއިރާއި، 47 މިނެޓު ހޭދަވެ އެވެ.

މުދާ ބަލައި ފާސްކުރުމުގެ މަރުހަލާއަށްވެސް ގިނަ ވަގުތު ހޭދަވެއެވެ. އެގޮތުން ސަރުކާރުގެ އެކި އިދާރާތަކުން ކުރަންޖެހޭ އިންސްޕެކްޝަންތައް ނިންމުމަށް އެވްރެޖްކޮށް އެއް ދުވަހާއި، ނުވަ ގަޑިއިރާއި، 35 މިނެޓު ހޭދަވެއެވެ.

ބުކިން ފޯމަށް ހުއްދަ ލިބުމަށް ގާތްގަނޑަކަށް އެއް ދުވަހާއި، 13 ގަޑިއިރާއި، 57 މިނެޓު ހޭދަވާއިރު، މުޅި ސިލްސިލާގައި އެންމެ ގިނަ ވަގުތު ހޭދަވަނީ އެންމެ ފަހު މަރުހަލާ ކަމަށްވާ މުދާ ބަރުކޮށް ބޯޓު ފުރުމުގެ މަރުހަލާގަ އެވެ. މި މަރުހަލާއަށް އެކަނިވެސް ދެ ދުވަހާއި، 12 ގަޑިއިރާއި، ތިން މިނެޓު ހޭދަވާކަމަށް ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;