ads
ނަޝީދާއި މީކާއިލް މިއަދު ބައްދަލު ކުރައްވަނީ: މީކާއިލް ކުރެއްވި މަސައްކަތަށް ނަޝީދު ސާބަސް ދެއްވި - ފޮޓޯ/އެމްޑީޕީ
ނަޝީދާއި މީކާއިލް ބައްދަލުކުރައްވައިފި
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާ، އެ އިންތިހާބު ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފި އެވެ.
Advertisement

ނަޝީދު މިއަދު ވަނީ ޗެއާޕާސަން ކަމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގެންފަ އެވެ. އަދި، އިންތިހާބުގެ ވާދަވެރި ކެންޑިޑޭޓް މީކާއިލްއާ އެކު ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ނަޝީދު ވަނީ މީކާއިލް ކުރެއްވި މަސައްކަތަށް ސާބަސް ދެއްވައިފަ އެވެ. 

ނަޝީދު ވިދާޅުވި ގޮތުގައި މީކާއިލް ވަނީ ވަރަށް ރަނގަޅު މަސައްކަތެއް ކުރައްވައިފަ އެވެ. އަދި ކެމްޕެއިންގައި ވަރަށް ރަނގަޅު "ފައިޓެއް" ދެއްވިކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ހުކުރު ދުވަހުގެ އިންތިހާބުގައި ނަޝީދު ވަނީ މީކާއީލްގެ މައްޗަށް މުޅި ރާއްޖޭގައި ބޮޑު ކުރިއެރުމެއް ހޯއްދަވާފަ އެވެ. 

މި އިންތިހާބު ނަޝީދު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި ނަތީޖާ ދައްކާ ގޮތުން އެމަނިކުފާނަށް 69 އިންސައްތަ ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ. އެގޮތުން ސައްހަ 30,363 ވޯޓުގެ ތެރެއިން ޖުމްލަ 20,943 ވޯޓު ކަށަވަރުކުރެއްވީ ނަޝީދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;