ads
ޖަޕާން ސަޕޯޓަރުން އެމީހުން ތިބި ސަރަހައްދު ސާފުކުރަނީ
މެޗްވީ އެއްވަރު، އެކަމަކު މިފަހަރުވެސް ޖަޕާން ސަޕޯޓަރުން ދިޔައީ ދަނޑު ސާފުކޮށްފައި
މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕްގައި ރޭ ޖަޕާން ކުޅުނު މެޗުން މޮޅު ނުވިނަމަވެސް މެޗް ނިމުމުން އެ ގައުމުގެ ސަޕޯޓަރުން ދަނޑު ސާފުކޮށް އަނެއްކާވެސް ނަމޫނާ މުޅި ދުނިޔެއަށް ދައްކާލައިފިއެވެ.
Advertisement

ރޭ ޖަޕާން ބައްދަލުކުރީ ނެދަލޭންޑްސް އާއެވެ. ދެ ފަހަރަށް ނެދެލޭންޑް މެޗުގައި ކުރި ހޯދާފައިވަނިކޮށް ޖަޕާން ޓީމުން މެޗް ނިންމާލީ 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށްގެންނެވެ. 

ސާފުތާހިރުކަމަށް ލޯބިކުރާ ގައުމެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޖަޕާންގެ ރައްޔިތުން މި ވޯލްޑްކަޕުގައިވެސް ރޭ ވަނީ މުޅި ދުނިޔެއަށް އެކަން ދައްކާފައެވެ. ރޭގެ މެޗް ކޮންމެ ނަތީޖާއަކުން ނިމުނު ނަމަވެސް ޖަޕާން ސަޕޯޓަރުން ވަނީ އެ މީހުން ތިބި ސަރަހައްދުގެ އެއްކޮށް ސާފުކޮށް އެތަނުގައި ހުރި ކުނިތައް ނަގާފައެވެ. އެގޮތުން އެ ސަރަހައްދުގައި ހުރި ހުސްފުޅިތަކާއި ދަޅުތަކާއި އެނޫންވެސް ކުނިތައް ނަގާ ސާފުކުރާތަން ވަނީ ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ. 

މުބާރާތް ބާއްވާ ފީފައިންވެސް ވަނީ ޖަޕާން ސަޕޯޓަރުންގެ މި ނަމޫނާ ފާހަގަކޮށްފައެވެ.

 

މިދިޔަ ދެ ވޯލްޑްކަޕްގައިވެސް ޖަޕާންގެ ސަޕޯޓަރުންގެ ކިބައިން މިކަން ވަނީ ފެނިގެން ގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;