ads
ބްރައުން، ޖަރުމަަންގެ ފަސްވަނަ ގޯލު ޖެހުމަށް ފަހު - ފޮޓޯ: އޭއެފްޕީ
ފީފާ ވޯލްޑް ކަޕް: ކިއުރަސާއޯގެ މައްޗަށް ޖަރުމަނުން ކުރި ހޯދައިފި
ފީފާ ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކިއުރަސާއޯގެ މައްޗަށް 7-1 އިން ކުރި ހޯދައި، ޖަރުމަނުން މުބާރާތުގެ ފެށުން ވަރުގަދަ ކޮށްފި އެވެ.
Advertisement

މި މެޗުގައި ޖެހި ހަތް ލަނޑާއެކު ޖަރުމަނު މިހާރު ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ޓީމަށެވެ. އެޓީމުން ވަނީ ވޯލްޑް ކަޕްގައި ޖުމްލަ 239 ގޯލު ލަނޑު ޖަހައިފަ އެވެ. ދެވަނައިގައި 238 ލަނޑާއެކު އޮތީ ބްރެޒިލް އެވެ.

މެޗުގެ ވަރަށް ކުރީކޮޅުގައި، 6 ވަނަ މިނެޓުގައި ފީލިކްސް އެންމެޗާ ޖަރުމަނަށް ކުރިހޯދައިދީފައި ވަނިކޮށް، ކިއުރަސާއޯގެ ލިވާނޯ ކޮމެނެންސިއާ ވަނީ 21 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފި އެވެ.

ނަމަވެސް ނިކޯ ޝްލޮޓާބެކް ވަނީ 38 ވަނަ މިނިޓިގައި ކޯނަރަކުން ލަނޑެއް ޖަހައި އަލުން ޖަރުމަނުން ލީޑު ހޯދައިދީފަ އެވެ. އަދި މި ހާފުގެ އިތުރު ވަގުތުގެ ފަހު މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކައި ހަވާޓްޒް ވަނީ އެ ޓީމަށް ލީޑު ފުޅާ ކޮށްދީފަ އެވެ.

your imageކިއުރަސާއޯ އިން ޖަރުމަނާ އެއްވަރު ކުރި ގޯލު ޖެހުމަށް ފަހު - ފޮޓޯ: އޭއެފްޕީ


ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ޖަރުމަނުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ޖަމާލް މުސިއާލާ އެވެ. އަދި މެޗުގެ 68 ވަނަ މިނެޓްގައި އެޓީމުގެ ފަސްވަނަ ގޯލު ނެތަނިއަލް ބްރައުން ކާމިޔާބުކޮށްދިންއިރު، ހަވަނަ ގޯލު މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑެނިޒް އުންޑޭވް އެވެ. ޖަރުމަނުގެ ފަހު ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހަވެޓްޒް އެވެ.

ކިއުރުސާއޯ އިން ދެ ވަނަ ހާފުގައި ވެސް ކޮންމެ ވެސް ވަރަކަށް ކުރިއަށް ޖެހިގެން ކުޅެ، ފުރުސަތުތަކެއް ހޯދާފައިވެ އެވެ. 

ކިއުރުސާއޯ އަކީ ވޯލްޑް ކަޕްގައި މުޅިން އަލަށް ކުޅޭ ޓީމެއް ކަމަށްވާއިރު، އެޓީމަކީ ވޯލްޑް ކަޕަކަށް ކޮލިފައިވި އެންމެ ކުޑަ ގައުމުވެސް މެ އެވެ. ކުރަސާއޯގެ އާބާދީ އަކީ 150،000 މީހުންނެވެ. އަނެއްކޮޅުން މިއީ ޖަރުމަނުން ވޯލްޑް ކަޕްގައި ކުޅޭ 21 ވަނަ ފަހަރެވެ.

ޖަރުމަނު ދެން ބައްދަލުކުރަން ޖެހޭނީ އެފްރިކާގެ ވަރުގަދަ ބާރެއް ކަމަށްވާ އައިވަރީ ކޯސްޓާއެވެ. އެއަށްފަހު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 25 ގައި ކިއުރަސާއޯ ނިކުންނާނީ އައިވަރީ ކޯސްޓާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;