މި ހަރަކާތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހު ކުރައްވާފައިވާ "5 މިލިއަން ގަސް" އިންދުމުގެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.
"ސިކްސްޓީ ޓްރީސް ފޮރ ސިކްސްޓީ އިޔާސް" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔަ މި ހަރަކާތް ފަށްޓަވައި ދެއްވީ މިނިސްޓާ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް އެވެ. މި ހަރަކާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު ޢަލީ ޝަރީފް އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓާޔާޑް) އަލީ ޒުހައިރު އަދި ދިވެހިރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި ޖަމުއިއްޔާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ގުޅިގެން އިންދި 60 ގަސް އިންދާފައިވަނީ ހުޅުމާލޭ ސެންޓަރަލް ޕާކުގައެވެ.
އެއްމިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 1.6 މިލިއަން ގަސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންދާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;