އެޗްޕީއޭއިން އާއްމުކުރި މައުލޫމާތުގައި ބުނީ ހއ އަތޮޅާއި ގދ އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވައިރަލް ހުން ފެތުރުނު މިންވަރު މިދިޔަ މޭ މަހު އިތުރުވެފައިވާކަމަށެވެ. އެ އެޖެންސީ އާއްމުކުރި ހިސާބުތައް ދައްކާގޮތުން ވައިރަލް ހުން އެންމެ ބޮޑަށް ފެތުރިފައިވަނީ ވެރިރަށް މާލޭ ހިމެނޭހެން ކ. އަތޮޅުގައެވެ. އެގޮތުން މާލެ އަތޮޅުން އެކަނި މިދިޔަ މަހު ވައިރަލް ހުން ޖެހިގެން 852 މީހުން ޑޮކްޓަރަށް ދައްކާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.
މާލެ އަތޮޅަށްފަހު ދެން ވައިރަލް ހުން އެންމެ ގިނައިން ފެތުރުފައިވަނީ ރ. އަތޮޅުގައެވެ. އެ އަތޮޅުން ހުން ޖެހިގެން 717 މީހަކު ވަނީ ޑޮކްޓަރަށް ދައްކާފައެވެ. އަދި ނ. އަތޮޅުން 636 މީހަކު ވަނީ ހުންޖެހިގެން ޑޮކްޓަަރަށް ދައްކާފައެވެ.
މީގެއިތުރުން މިދިޔަ މަހު ރާއްޖޭގެ ގިނަ އަތޮޅުތަކުގައި ޑެންގީ ހުން ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދުވެސް ގިނަކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. އަދި ބޭރަށް ހިންގުންވެސް އިތުރުވެފައިވާއިރު އެ ބަލި އެންމެ ގިނައީ މާލެ ސަރަޙައްދުގެ އިތުރުން ބ، ކ ، އއ ، ފ އަދި ޏ އަތޮޅުގައިކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;