މިދިޔަ އަހަރުގެ އޮގަސްޓް މަހު މި ހާދިސާ ހިނގާފއިވަނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައެވެ.
މި މައްސަލާގައި އެ މީހާގެ މައްޗަށް ދައުލަތުން ވަނީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި، އެނގިހުރެ ހުއްދަ ނޫން ތަނަކަށްވަނުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
އެ މީހާވަނީ މި ދެ ދައުވާއަށްވެސް އިއުތިރާފުވެފައެވެ. އެހެންކަމުން ދެ މައްސަލަވެސް ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލަތަކެއްގެ ގޮތުގައެވެ.
މި ދެ މައްސަލައިގެ ތެރެއިން، ޖިންސީ ގޯނާގެ ދައުވާގައި ވަނީ މި މީހާ ގެއެއްގައި ނިދާފައި އޮތް އަންހެނެއްގެ ގާތަށްވަދެ، އެ އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށެވެ. އެހެންކަމުން އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ ތިން އަހަރު ދުވަހުގެ ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ. ވެ.
ދެން އެ މީހާގެ މައްޗަށް އުފުލި އެނގި ހުރެ ހުއްދަ ނޫން ތަނަކަށްވަނުމުގެ ކުށުގެ ދައުވާ ސާބިތުވުމުން އޭނާގެ މައްޗަށް އިއްވާފައިވަނީ ތިން މަހާއި ދެ ދުވަހުގެ ޖަލު ހުކުމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;