އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މަގާމުން ކުއްލިއަކަށް އިސްތިއުފާ ދެއްވީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުން ސަރުކާރަށް ނާކާމިޔާބީ ލިބުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސްއެވެ.
ޒާހިދު އިސްތިފާދެއްވުމުން އީސީގެ މެމްބަރުކަމަށް އައްޔަންކޮށްދެއްވުމަށް އެދި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލްގެ ނަން ރައީސް މުހައްމަދު މުއިއްޒު މިއަދީ ވަނީ މަޖިލިހަށް ފޮނުވާފައެވެ. ޝަކީލް އީސީއަށް އައްޔަންކުރަން ރައީސް މުއިއްޒު އެދިވަޑައިގެންފައިވާއިރު ޝަކީލް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް އީސީގެ މެމްބަރުކަން ކުރައްވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;