ads
އިސްރަށްވެހިންތަކެއް، އުމުރުން ދުވަސްވީ މީހުންނަށް ރާއްޖޭގައި އަނިޔާކުރާ މިންވަރު އިތުރު
ދުވަސްވީ މީހުންނަށް ކުރާ އަނިޔާ، ކަންބޮޑުވާންޖެހޭ ވަރަށް ރާއްޖޭގައި އިތުރު
އިސްރަށްވެހިންނަށް ކުރާ އަނިޔާގެ މައްސަލަތައް ރާއްޖޭގައި ރިޕޯޓްކުރާ މިންވަރު ހުރީ ކަންބޮޑުވާންޖެހޭ ފަދަ މިންވަރެއްގައިކަމަށް ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓްރީން ބުނެފިއެވެ.
Advertisement

އެ މިނިސްޓްރީން މިހެން ބުނީ މިއަދު ފާހަގަކުރަމުންދާ އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ ދުވަހާއި ގުޅުވާ ނެރުނު ބަޔާނެއްގައެވެ. 

ފެމިލީ އެންޑް ވެލްފެއާ މިނިސްޓްރީން ބުނީ އްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިސްރަށްވެހިންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓްކުރާ މިންވަރު ހުރީ ކަންބޮޑުވާންޖެހޭ ފަދަ މިންވަރެއްގައިކަމަށެވެ. އެގޮތުން 2025 ވަނަ އަހަރު، އެހީތެރިކަމާއި ރައްކާތެރިކަމަށް އެދި އެ ވުޒާރާއަށް ޖުމުލަ 34 މައްސަލައެއް ހުށައެޅިފައިވާކަމަށް ފެމިލީ އެންޑް ވެލްފެއާ މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، އެކި ބާވަތުގެ އަނިޔާގެ ޖުމުލަ 58 މައްސަލައެއް އެ އަހަރުގެ ތެރޭގައި ރިޕޯޓްކޮށްފައިވާކަމަށްވެސް ފެމިލީ އެންޑް ވެލްފެއާ މިނިސްޓްރީން ބުނެއެވެ.

އުމުރުން ދުވަސްވީ މީހުންނަކީ މުޖުތަމައުގައި އަގުވަޒަންކުރެވޭ، ރައްކާތެރިކަން ކަށަވަރުވެފައިވާ ބަޔަކަށް ހެދުމަކީ އެންމެންގެ ޒިންމާއެއްކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އާއިލާގެ ދުވަސްވީ މީހުންނާއި އަވަށްޓެރިންގެ ހާލު ގަވާއިދުން ބެލުމާއި، އަނިޔާގެ ނިޝާންތައް ދެނެގަނެ، ޝައްކުކުރެވޭ ކަންކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަކީ ކޮންމެ ފަރުދަކަށްވެސް ކުރެވިދާނެ މުހިންމު މަސައްކަތެއްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.  އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، އުމުރުން ދުވަސްވީ މީހުންނަށް އިންސާނީ ކަރާމާތާއި ރައްކާތެރިކަން ލިބިގެންވާ އުފާވެރި މާހައުލެއް ކަށަވަރުކޮށްދެވޭނެކަމަށް ފެމިލީ އެންޑް ވެލްފެއާ މިނިސްޓްރީން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;