ads
ފިނޭންސް މިނިސްޓަރު ޒަރީރު
ފިނޭންސް މިނިސްޓަރު ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް
ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވާ ހަސަން ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.
Advertisement

ފައިނޭންސާއި އެކައުންޓިންގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ޒަރީރު ވަނީ ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ވެސް ކުރިން މަސައްކަތް ކުރައްވައިފަ އެވެ. 

މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރަކީ ޑރ. މުހައްމަދު ޝަފީގެވެ. ކެބިނެޓަށް ގެނައި ބަދަލުތަކާ އެކު އޭނާ އިސްތިއުފާ ދެއްވީ ސެޕްޓެމްބަރު، 2024 ގަ އެވެ. އޭގެ ފަހުން އެ މަގާމު އަދާކުރެއްވީ ޒަމީރެވެ. ޒަމީރު މަގާމުން އިސްތިއުފާދެއްވާފައި ވަނީ ސިއްހީ ހާލަތު ހުރި ގޮތުން އެފަދަ ބުރަ ޒިންމާ އެއް އަދާކުރެވެން ނެތުމުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. 

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ކޮމިޓީން ޒަރީރުގެ މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު، އެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ އެވެ. ވަޒީރުންނަށް ރުހުން ދިނުމާ މެދު ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;