ads
ރައްޔިތުންގެ މަޖިލިސް ޖަލްސާއެއް - ފައިލް ފޮޓޯ: މަޖިލިސް
ސައިބާ ސެކިއުރިޓީ ބިލް މަޖިލީހުން ބަލައިގެންފި
ދިވެހިރާއްޖޭގެ ސައިބާ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހެޅި ސައިބަރ ސެކިއުރިޓީ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.
Advertisement

މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަބްދުއްރަހުމާން އެވެ. 

މި ބިލުގައި ސައިބާ ސެކިއުރިޓީގެ ރައްކާތެރިކަމަށް މުހިއްމު ބައިތަކެއް ވަނީ ހިމަނައިފަ އެވެ. 

ބިލުގެ މައިގަނޑު އެއް މަގްސަދަކީ ރައްޖޭގެ ސައިބާ ވެށީގެ ސަލާމަތްތެރިކަން ގާނޫނީ އޮނިގަނޑެއްގެ ދަށުން ކަށަވަރުކުރުމެވެ. 

އެ ބިލުގައި ޑިޖިޓަލް އައިޑެންޓިޓީ އާއި ގުޅުން ހުރި މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކާއި، މި ނިޒާމްގައި ހިމެނޭ ފަރާތްތަކާއި، އައިޑެންޓިޓީ މަޢުލޫމާތު ފޯރުކޮށްދޭ ފރާތްތަކުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ވަނީ ތަފްސީލްކޮށްދީފަ އެވެ.

ހަމައެހެންމެ، އައިޑެންޓިޓީ ބޭނުން ކުރުން މަނާ ހާލަތުތަކާއި، ޒާތީ މައުލޫމާތު ބޭނުން ކުރުން މަނާ ހާލަތުތައް އެ ބިލުގައި ތަފްސީލްކޮށް ބުނެދީފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލު ބަލައިގަނެ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;