އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ މި ބާއްވަނީ އަލަށް ޕާޓީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށެވެ.
އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕުގައި ގައުމީ މަޖިލީހުގެ ޖަލްސާއަށް ބާއްވަން ބޭނުންވާކަމަށް ނަޝީދު ވިދާޅުވުމުން ގިނަ މެމްބަރުން ވަނީ އެކަމަށް އާ ބަސް ބުނެ އެ ނިންމުމަށް ތާއީދުކޮށްފައެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ނަޝީދު ކާމިޔާބުކުރެއްވީ 69 އިންސައްތަ މީހުންގެ ތާއީދާއެކުއެވެ. ވޯޓްލީ މީހުންގެތެރެއިން 21،063 މީހުން ވޯޓްދީފައިވަނީ ނަޝީދަށެވެ.
އެމަނިކުފާނާ ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް އަހުމަދު ނަސީމަށް ލިބިވަޑައިގަތީ 9،263 ވޯޓްއެވެ.
ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު ނަޝީދު އިއްޔެވަނީ އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ އިތުރުން އިންތިހާބުގައި ނަޝީދާ ވާދަކުރެއްވި މީކާއީލްއާއިވެސް އެމަނިކުފާނު އިއްޔެ ވަނީ ބައްދަލުކުރައްވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;