މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި އަލަށް ބެހެއްޓި ބެގެޖް ސްކްރީނިން މެޝިން، އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާން އެވެ.
މި މެޝިން މެދުވެރިކޮށް ޤައިދީންނާއި ބަންދުމީހުން ޖަލަށް އަލަށް އަންނަ އިރު ގެންނަ ތަކެތި، އެފަރާތްތަކަށް އާއިލާއިން ފޮނުވާ ތަކެތި އަދި އާއިލީ އާއި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ ތަކެތި ސްކްރީން ކުރެވޭނެކަމަށް ކަރެކްޝަނުން ބުނެއެވެ.
ގައިދީން ޖަލަށް ވައްދާ ތަކެތި ބަލަން ޖަލުގައި ބެހެއްޓި މެޝިން ހުޅުވުމުގެ ތެރެއިން
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ހަދިޔާކޮށްދެއްވި ބެގެޖް ސްކްރީނިންގ މެޝިނަކީ، ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު މެޝިނެއްކަމަށާއި މިއީ މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިނެއްކަމަށް ކަރެކްޝަނުން ބުނެއެވެ.
މެޝިން ބޭނުންކުރާގޮތުގެ ތަމްރީން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ފޯރުކޮށްދެއްވާފައިވީއިރު، ބެގެޖް ސްކްރީންކުރުމަށް ބޭނުންވާ ހާއްސަ ތަމްރީން، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވަނީ ފޯރުކޮށްދީފައިވާކަމަށް ކަރެކްޝަނުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;