ޕީއެންސީގެ ލީޑާޝިޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި ކޮންގްރެސް ކުރިއަށް ދާނީ 15 އިން 18 ސެޕްޓެމްބަރަށެވެ.
ކޮންގްރެސްގެ ކުރިން ދާއިރާތަކުގެ އިސް މަގާމުތަކަށް މީހުން އިންތިހާބުކޮށް ނިންމަން ޖެހޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންވެ އަންނަ 11 ޖުލައިގައި އެ އިންތިހާބު ބާއްވާ ގޮތަށް ވަނީ ނިންމައިފަ އެވެ.
މި އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. ކުރިމަތިލާ ފަރާތްތަކުން އެކަމަށްޓަކައި ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. އިންތިހާބުގައި ވާދަކުރެވޭނީ އަދި ވޯޓުލެވޭނީ ވެސް މިއަދުގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ތިއްބެވި މެންބަރުންނަށް އެކަނި ކަމަށް ޕާޓީން މައުލޫމާތު ދެއެވެ.
މި އިންތިހާބުގައި ހޮވުމަށް ހަމަޖެހިފައިވާ މަގާމުތަކުގެ ތެރޭގައި ހިމެނެނީ:
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;