ads
ކޭޕް ވާޑޭ އާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން
ފީފާ ވޯލްޑް ކަޕް: ކޭޕް ވާޑޭއިން ތަރިން ގިނަ ސްޕެއިން ސައިޒް ކޮށްފި
ތަރިންގެ ސްކޮޑެއް އޮތް އަދި ޔޫރަޕްގެ ޗެމްޕިއަން، ސްޕެއިނުން މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ. މެޗުގައި އަލަށް މުބާރާތުގައި ވާދަކުރާ ކޭޕް ވާޑޭއާ 0-0 އިން އެއްވަރުވެ، ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.
Advertisement

ފީފާ ރޭންކިންގެ 67 ވަނައިގައި އޮތް ކޭޕް ވާޑޭއަކީ ވޯލްޑް ކަޕަށް ކޮލިފައިވި އާބާދީގެ ގޮތުން ތިންވަނައަށް އެންމެ ކުޑަ ގައުމެވެ. އެ ގައުމުގެ އާބާދީއަކީ އެންމެ ފަސް ލައްކައެއްހާ މީހުންނެވެ.

މިއާ ހިލާފަށް ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް އަދި 47 މިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ސްޕެއިންއާ ދެކޮޅަށް ކޭޕް ކޭޕް ވާޑޭއިން ދެއްކި ހިތްވަރުގަދަ ކުޅުމަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފަ އެވެ.

ގްރޫޕް އެޗް ގެ ފުރަތަމަ މެޗުގައި ޔޫރަޕްގެ ޗެމްޕިއަނުންގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ އެވެ. ނަމަވެސް، ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކޭޕް ވާޑޭއިންން ވަނީ އެއްވެސް ގޯހެއް ނުހަދައި ދިފާއީ ގޮތުން މޮޅު ކުޅުމެއް ދައްކައިފަ އެވެ.

your imageސްޕެއިންގެ ފެރާން ޓޮރޭޒް ފޮނުވާލި ހަމަލާއެއް ކޭޕް ވާޑޭގެ ކީޕަރު މަތަކުރަނީ


ކޭޕް ވާޑްގެ ހާފުގެ ތެރޭގައި ސްޕެއިންގެ ކުޅުންތެރިން ދިޔައީ ގިނަ ވަގުތު ބޯޅަ ގެންގުޅެމުންނެވެ. މުޅި ޓީމު ފަހަތަށް ފައިބައިގެން ކުޅެމުން ދިޔަ، ކޭޕް ވާޑޭގެ ކުޅުންތެރިންގެ އެއްވެސް އުނދަގުލަކާނުލައި އޮމާން ޕާސިންގް ގޭމެއް ސްޕެއިން ކުޅެމުން ދިޔަ އެވެ.

ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅޭ ސްޓައިލަކަށް ރޭވުންތެރިކަން ގެންގުޅުނު ކޭޕް ވާޑް އިން ކައުންޓައެޓޭކުގައި ސްޕެއިނަށް ނުރައްކާ ކުރެވޭތޯ ބަލަމުންދިޔަ ނަމަވެސް، ފުރަތަމަ ހާފުގައި ސްޕެއިންގެ ކީޕަރު އުނާއި ސިމޯން ޓެސްޓް ކުރެވޭ ވަރުގެ ހަމަލާއެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ. 

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ސްޕެއިންގެ ވިދުންގަދަ ތަރި ލަމިން ޔަމާލް މި މެޗުގައި ކުޅެން އެރީ ދެވަނަ ހާފުގައި، މެޗުގެ 71 ވަނަ މިނެޓުގަ އެވެ. އަދި މެޗުގެ ފަހުކޮޅު ޑެނީ އޮލްމޯ އާއި ނިކޯ ވިލިއަމްސް ވެސް ކުޅެން ނެރުނެވެ. 

ފުޓުބޯޅައިގެ އެންމެ ވިދުންގަދަ ސްޕެއިނަށް ކޭޕް ވާޑާ ދެކޮޅަށްކުޅެ ނަތީޖާ ނުނެރެވުނުއިރު، އެ ޓީމަށް ކުރިއަށް ދެން އޮތީ މި މަހުގެ 21 ވަނަ ދުވަހު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. ކޭޕް ވާޑަށް އޮތީ އުރުގުއޭއާ ދެކޮޅަށަ ކުޅެން އޮތް މެޗެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;