ads
މެސީ
އެންމެ ގިނަ ގޯލްޖަހާ މެސީ ވޯލްޑްކަޕްގެ ތާރީހުގެ ތެރެއަށް، މި މުބާރާތުގެވެސް ފުރަޔަމަ ހެޓްރ
ވޯކްޑްކަޕްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ގޮތުގައި އާޖެންޓީނާގެ ލިއޮނަލް މެސީގެ ނަން ފަވާލައިފިއެވެ.
Advertisement

 މިއަހަރުގެ ވޯލްޑްކަޕަށް އާޖެންޓީނާ ނުކުތް އިރު މެސީ އޮތީ ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލު ޖެހި ތިންވަނަ ކުޅުންތެރިޔާގެ ގޮތުގައެވެ. 

ވޯލްޑްކަޕްވައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމު މެސީ ހޯދީ މިއަހަރުގެ މުބާރާތުގައި އާޖެންޓިނާ ކުޅުނު ފުރަތަމަ މެޗްގައި އަލްޖީރިޔާ ކޮޅަށް ތިން ލަނޑު ޖަހާ ހެޓްރިކް ހަދައިގެންނެވެ. 

މިއަދުގެ މެޗުގައި މެސީ ހެޓްރިކް ހެދުމުން މިއަހަރުގެ ވޯލްޑްކަޕްގައި އެންމެ ފުރަތަމަ ހެޓްރިކް ހެދި އަދި މި މުބާރާތުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކީވެސް މެސީއެވެ. 

މިއަދުގެ ހެޓްތިކާއި އެކު މެސީ މިވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް 120 ގޯލު ޖަހާ ދީފައެވެ. އަދި މީ މެސީ ގައުމީ ޓީމަށް ކުޅެދިން 200 ވަނަ މެޗުވެސް މެއެވެ. އަދީ މީ މެސީ ވޯލްޑްކަޕް ކުޅޭ 6 ވަނަ ފަހަރެވެ.

ވޯލްޑްކަޕްގައި މިހާތަނަށް އެންމެ ގިނަ ގޯލް ޖެހިކަމުގެ ރެކޯޑް އޮތީ ޖަރުމަނުގެ މިރޮސްލާވް ކްލޯސޭއާގެ އަތުގައެވެ. އޭނާވެސް ވަނީ ވޯލްޑްކަޕްގައި 16 ގޯލު ޖަހާފައެވެ.

78%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;