ads
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު
މަޖިލިސް ގަޑީގައި އެމްޕީ މައުރޫފު ކޯޓަށް ހާޒިރު ކުރަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ގަޑިއާ ދިމާވާ ގޮތަށް، ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އަދި، މާލޭ ސިޓީ ކައުންސިލް ހުޅުމާލޭ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ހިމެނޭހެން އެމްޑީޕީގެ މެންބަރުންތަކެއް މައްޗަށް ކުރާ ދައުވާތަކުގެ ޝަރިއަތަށް މިއަދު ހާޒިރުވާން ޖެހިއްޖެއެވެ.
Advertisement

މައުރޫފު އަދި ޒާޔާ ހިމެނޭހެން ޖުމްލަ އަށް މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާގެ ޝަރިއަތް އޮތީ މިއަދު ހެނދުނު 10 ޖަހާއިރުއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުވެސް ގަޑިއެވެ. މިއަދުވެސް މަޖިލީހުގެ ޖަލްސާއެއް އެބައޮތެވެ.

މެމްބަރު މައުރޫފާއި ޒާޔާ އަދި ސަލާމްގެ މައްޗަށް ވެސް ދައުވާ ކޮށްދޭން ފުލުހުން އެދުނީ އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މިދިޔަ އަހަރުގެ އޮކްޓޫބަރު ތިން ވަނަ ދުވަހުގެ ރޭ، މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ، މުޒާހަރާކޮށް އަދި އާންމު ދަތުރުފަތުރަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާތީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެމްޑީޕީން މިދިޔަ އަހަރުގެ އޮކްޓޫބަރު ތިން ވަނަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން މެމްބަރު މައުރޫފާއި ޒާޔާ އަދި ސަލާމްގެ އިތުރުން އެހެން ބަޔަކު ވެސް އެ ރޭ ހައްޔަރުކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;