އެމްއެންޑީއެފުން ބުނީ ހުޅުމާލެ ފޭސް 1ގެ 141ވަނަ ފުލެޓްގެ ގްރައުންޑް ފްލޯ ބަދިގޭގައި ބޭނުން ކުރި ފެންހޫނުކުރާ ޕޮޓެއްގައި ރޯވި ހާދިސާގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 4:32 ހާއިރުކަމަށެވެ. އެއާއިއެކު ހުޅުމާލެ ފަޔާ ސްޓޭޝަނުގެ ފަޔާ އިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކުރިކަމަށާއި އަލިފާން ނިއްވާލެވުނީ 4:58 ހާއިރުކަމަށެވެ.
މި ހާދިސާގެ ސަބަބުން ހަ މީހަކަށް ދުމުގެ އަސަރުކޮށްގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ފެން ހޫނުކުރާ ޕޮޓްގައި ރޯވެ ފްލެޓަށް ގެއްލުން ލިބިފައި
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ރޭގެ ހާދިސާއާ ގުޅިގެން އެ ފްލެޓުގައި ދިރިއުޅުނު އެއް އާއިލާއެއްގެ ހަ މީހުން އެހެން ތަނަކަށް ބަދަލުކޮށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފައިވާކަމަށެވެ. އަދި އެމީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;