ads
އޮލީސޭ ފޮނުވާލި ހަމަލާއެއް މެންޑީ ދިފާއު ކުރަނީ - ފޮޓޯ: އޭއެފްޕީ
ފީފާ ވޯލްޑް ކަޕް: ފްރާންސް އަށް ރަނގަޅު ފެށުމެއް!
ފީފާ ވޯލްޑް ކަޕްގައި ސެނެގާލާ ދެކޮޅަށް ޖެހި ދެ ގޯލާ އެކު ގައުމީ ޓީމުގެ ގޯލު ޖެހުމުގެ ރެކޯޑް މުގުރާލައި ކިލިއަން އެމްބާޕޭ 3-1 އިން ފްރާންސް މޮޅު ކޮށްދީފި އެވެ.
Advertisement

ފްރާންސުން މެޗުގެ ލީޑު ނެގީ 66 ވަނަ މިނެޓުގައެވެ. މިއީ އެމްބާޕޭ ކާމިޔާބުކުރި ރީތި ލަނޑެކެވެ. އޭގެ ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބްރެޑްލީ ބާކޯލާ ވަނީ ހިތްގައިމު ގޯލެއް ޖަހައި ފްރާންސްގެ ލީޑު ފުޅާކޮށްދީފަ އެވެ.

އެކަމަކު، އިތުރު ވަގުތުގެ ތެރޭގައި، ސެނެގާލްގެ އިބްރާހިމް އެމްބާއޭ، 18، ވަނީ ލަނޑެއް ޖަހައި، ސެނެގާލަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، އެމްބާޕޭ ވަނީ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައި، ޖިރޫގެ ރެކޯޑް މުގުރާލި ގޯލާ އެކު، ފްރާންސަށް ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެެވެ. 

your imageފްރާންސްގެ ކެޕްޓަން ކިލިއަން އެމްބަޕޭ - ފޮޓޯ: ގެޓީ އިމޭޖަސް


މި މެޗުގައި ޖެހި ދެ ގޯލާ އެކު އެމްބާޕޭ ވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖަހައިގެން، ރެކޯޑް ހަދާފައި އޮތް ޖަރުމަނުގެ ލެޖެންޑަރީ ފޯވާޑް މިރޮސްލާވް ކްލޯސާގެ ރެކޯޑާ ގާތަށް ޖެހިލައިފަ އެވެ. ކްލޯސާ ވަނީ ވޯލްޑް ކަޕްތަކުގައި 16 ލަނޑު ޖަހައިފަ އެވެ. 

މި މެޗުގައި އެމްބާޕޭ ޖެހި ދެ ލަނޑާ އެކު، ތިން ވޯލްޑް ކަޕްގައި ކުޅެގެން މިހާތަނަށް 15 ލަނޑު ވަނީ ޖަހައިފަ އެވެ. އަދި، އެމްބާޕޭގެ އިތުރުން، ބްރެޒިލްގެ ރޮނާލްޑޯ އާއި ވެސްޓް ޖަރުމަނުގެ ގާޑް މުލާ ވަނީ ވޯލްޑް ކަޕްތަކުގައި 15 ލަނޑު ޖަހައިފަ އެވެ. 

މި މޮޅާއެކު ގްރޫޕް "އައި" ގެ އެއްވަނައިގައި ފްރާންސް އޮތްއިރު، އެ ޓީމުގެ ދެން ބައްދަލުކުރާނީ އިރާގާ ދެކޮޅަށެވެ. ސެނެގާލް ދެން ނުކުންނާނީ ނޯވޭއާ ދެކޮޅަށެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;