ނިޒާރު ޕީސީބީގެ ރައީސްކަމަށް އައްޔަންކުރީ މިދިޔަ އޭޕްރިލްމަހުގެ 30 ވަނަދުވަހުއެވެ.
ނިޒާރު ޕީސީބީގެ ރައީސްކަމަށް އައްޔަންކުރީ އެ ބޯޑްގެ ރައީސްގެ މަގާމުގައި ހުންނެވި ގއ. ދެއްވަދޫ ދޭލިޔާގެ، މުހައްމަދު އަނަސް އިސްތިއުފާދެއްވުމުންނެވެ.
އަނަސް ޕީސީބީގެ ރައީސްގެ މަގާމަށް އައްޔަނު ކުރީ 13 މާޗު 2025 ގަ އެވެ. އޭނާ އެ މަގާމަށް މި ސަރުކާރުން ފުރަތަމަ އައްޔަނުކުރި ހަމްދީ އަގީލް 13 ފެބްރުއަރީ، 2025، ގައި އިސްތިއުފާ ދެއްވުމުންނެވެ.
ޕީސީބީ އަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.
ޕީސީބީގެ ބޯޑު އެކުލެވެނީ ރައީސާއި ނައިބު ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ޖުމުލަ ހަތް މެމްބަރުންގެ މައްޗަށެވެ. ބޯޑުގެ މެމްބަރުކަމަށް މެމްބަރުން އައްޔަންކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވަން
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;