ads
ވަޒީފާގެ ބިރު ދެއްކުން ހުއްޓާލަން ގޮވާލައި އެމްޑީޕީން މިރޭ ބޭއްވި އެއްވުމުގައި އެ ޕާޓީގެ ޗެއާޕާސަން ނަޝީދު އަދި ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ
"ވަޒީފާގެ ބިރު" ހުއްޓުވަން އެމްޑީޕީން މުޒާހަރާކޮށްފި
ވަޒީފާގެ ބިރު ދެއްކުން ހުއްޓާލަން ގޮވާލައި އެމްޑީޕީން މިރޭ މާލޭގައި މުޒާހަރާކޮށްފި އެވެ.
Advertisement

އެމްޑީޕީން މިއަދު ބުނިގޮތުގައި މި ސަރުކާރުން މިހާތަނަށް ވަނީ 80 އަށް ވުރެ ގިނަ މުވައްޒަފުން ނުހައްގުން ވަޒީފާއިން ވަކިކޮށް، ސަސްޕެންޑު ކޮށްފަ އެވެ. މީގެ ތެރެއިން 60 އަށް ވުރެ ގިނަ މައްސަލަ މިހާރުވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައި، އެމްޑީޕީގެ ލީގަލް ޓީމުން އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެ ޕާޓީން ބުންޏެވެ. 

"ޖޮބް ބުރާސްފަތި" ނަމުގައި މުޒާހަރާ ކުރީ މި ސަބަބާއި ގުޅިގެން ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

"ޖޮބް ބުރާސްފަތި" އިހުތިޖާޖުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ވަޒީފާއިން ވަކިކުރާ ކޮންމެ މީހަކާ އެކު، ސަރުކާރާ ދެކޮޅު އާއިލާއެއް އުފެދެމުންދާ ކަމަށާއި، ރައްޔިތުން ބިކަކޮށްގެން ސަރުކާރަށް ރައްޔިތުންގެ ލޯބި ނުލިބޭނެ ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި އެމްޑީޕީން ދެމިތިބޭނެ ކަމުގެ ޔަގީންކަން ވެސް ޝާހިދު ދެއްވި އެވެ.

"އަޅުގަނޑުމެން އެނބުރި ވެރިކަމަށް އައިސްފައި ތިޔަބޭފުޅުންނަށް ތިޔަބޭފުޅުން އަތުން ފޭރިގަތް ވަޒީފާތައް ރުޖޫއަކޮށްދޭނެކަމުގެ ޔަގީންކަން މި އަރުވަނީ،" ޝާހިދު ވިދާޅުވި އެވެ.

ވަޒީފާތަކުން މުވައްޒަފުން ވަކިކުރަން ފެށުމުން އެނގެނީ މި ސަރުކާރު ބޮޑުތަނުން ބަލިވެ، ބޮނދުބުޑަށް ސައިވަމުންދާތަން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ރަސްފަންނުން ފަށައިގެން އާޓިފިޝަލް ބީޗާ ހަމައަށް ކުރިއަށް ގެންދިޔަ މި މުޒާހަރާގައި އެމްޑީޕީގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ.

"ޖޮބް ބުރާސްފަތި" ނަމުގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ކުރުކޮށް ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ، އެމްޑީޕީ އުފެދިގެން އައީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދީގެން ކަމަށެވެ.

މިގޮތުން، އެ ޕާޓީގެ މަގުސަދަކީ ރައްޔިތުން ތަނަވަސްކޮށްދިނުން ކަމަށާއި އެ ކަން ބިނާވެފައި އޮންނަނީ ރައްޔިތުންގެ ހައްގުތައް ބިނާކުރުމުގެ މައްޗަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;