ads
ޗެކިއާ އާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ގެޓީ އިމޭޖަސް
ފީފާ ވޯލްޑް ކަޕް: ޗެކް ރިޕަބްލިކް މޮޅުވާން ދަނިކޮށް ހުއްޓުވައިފި
ވޯލްޑް ކަޕް 2026 ގައި ޗެކް ރިޕަބްލިކުން މޮޅުވާން ދަނިކޮށް، ސައުތު އެފްރިކާއިން ހުއްޓުވައިފި އެވެ.
Advertisement

މިއީ ދެކުނު އެފްރިކާ އާއި ޗެކް ރިޕަބްލިކް އަށް ވެސް މި އަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނު ފުރަތަމަ ޕޮއިންޓެވެ. ގުރޫޕް އޭގައި ދެން ހިމެނޭ މެކްސިކޯ އާއި ދެކުނު ކޮރެއާ ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްގެން ތިން ޕޮއިންޓް ހޯދައިފަ އެވެ.

ފުރަތަމަ މެޗުގައި މެކްސިކޯ އަތުން ބަލިވި ދެކުނު އެފްރިކާ ކޮޅަށް މިރޭގެ މެޗުގެ ވަރަށް ކުރީކޮޅު ވަނީ ލަނޑެއް ވަދެފަ އެވެ. މެޗުގެ ހަވަނަ މިނިޓުގައި ޗެކިއާ އަށް ލީޑު ނަގައިދިނީ މީކާލް ސަޑީލެކް އެވެ.

މި ގޯލަށްފަހު ދެކުނު އެފްރިކާ އިން އެޓޭކަށް ޖެހިގެން ކުޅެ، ފުރުސަތުތައް ހޯދަން ފެށި އެވެ. ނަމަވެސް ދެކުނު އެފްރިކާއިން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ޗެކް ރިޕަބްލިކްގެ ކީޕަރު، މަޓޭއި ކޯވާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.

ދެކުނު އެފްރިކާ އިން ނަތީޖާ އެއްވަރުކުރީ މެޗުގެ 83 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޓެބޯހޯ މޮކުއޭނާ ޖެހި ގޯލުންނެވެ. މި ޕެނަލްޓީ އަކީ ދެކުނު އެފްރިކާގެ ތަޕޭލޯ މަސޭކޯ ފޮނުވާލި ހަމަލާއެއްގެ ޗެކް ރިޕަބްލިކް އޭރިއާތެރެއިން އެ ޓީމުގެ ޕަވެލް ސުލްޗް އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ.

your imageވޯލްޑް ކަޕުގައި ދެކުނު އެފްރިކާ ކޮޅަށް ލަނޑު ޖެހުމަށްފަހު ޗެކިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: އޭޕީ


މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ސައުތު އެފްރިކާއަށް ވަނީ ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ޕެނަލްޓީ އޭރިއާ ބޭރުން ބަދަލު ކުޅުންތެރިޔާ ކޮމެގެލޯ ސަބެލެބެލޭ ފޮނުވާލި ހަމަލާ، ޗެކްގެ ކީޕަރު ކޮވާރް ވަނީ ދިފާއުކޮށްފަ އެވެ.

މި ނަތީޖާތަކާއެކު މި ގްރޫޕުގެ އެއްވަނައިގައި އޮތް މެކްސިކޯ އާއި، ދެވަނައިގައި އޮތް ދެކުނު ކޮރެއާއަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޗެކް ރިޕަބްލިކް އާއި، ހަތަރުވަނައިގައި އޮތް ދެކުނު އެފްރިކާއަށް ދެ މެޗުން ލިބިފައިވަނީ ޕޮއިންޓެކެވެ.

މި ގްރޫޕްގައި ހިމެނޭ މެކްސިކޯ އާއި ދެކުނު ކޮރެޔާ މާދަމާ ހެނދުނު ރާއްޖެގަޑިން 6 ޖަހާއިރު ބައްދަލުކުރާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;