ads
ސްކޮޓްލެންޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު މޮރޮކޯގެ ސައިބާރީ އުފާފާޅުކުރަނީ.
ފީފާ ވޯލްޑް ކަޕް: މޮރޮކޯ އިން ދެވަނަ ބުރުގެ އުއްމީދު އާކޮށްފި
ގްރޫޕް ޑީގައި ހިމެނޭ އެމެރިކާ އިން އޮސްޓްރޭލިއާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދިއިރު، ގްރޫޕް ސީގައި ހިމެނޭ މޮރޮކޯ އިން ރޭ ވަނީ 1-0 އިން ސްކޮޓްލޭންޑް ބަލިކޮށްފަ އެވެ.
Advertisement

އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފަށައިގެން 70 ސިކުންތު ތެރޭގައި އިސްމާއިލް ސައިބާރީ ވަނީ މޮރޮކޯއަށް ލީޑު ނަގައިދީފަ އެވެ. މިއީ، މި ފަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ.

މި ހަނި މޮޅާއެކު މޮރޮކޯ އިން ވަނީ މުބާރާތުގެ ކުރިއަށްދިއުމަށް މުހިންމު ތިން ޕޮއިންޓް ކަށަވަރުކޮށްފަ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން މޮރޮކޯއަށް ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު، ދެވަނަ ހާފުގެ ކުރީކޮޅު ވެސް އެޓީމުން ދިޔައީ ސްކޮޓްލޭންޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ސައިބާރީ އަދި މޮރޮކޯގެ ބްރަހީމް ޑިއާޒް ފޮނުވާލި ހަމަލާތައް ފާހަގަކޮށްލެވެ އެވެ.

ސްކޮޓްލެންޑުން ފަހު ވަގުތު ކުރިއަށްޖެހިގެން ކުޅެ، ގޯލެއް ޖެހޭތޯ ވަރަށް މަސައްކަތްކުރި އެވެ. އެ ގޮތުން، ސްކޮޓް މެކްޓޮމިނޭ ޖެހި ބޯޅައެއް އަރިމަތީ ދާގަނޑަށް އަމާޒުވިއިރު، ލިންޑަން ޑައިކްސް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ. 

މިހާތަނަށް ކުޅުނު ދެ މެޗުން މޮރޮކޯއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުގެ ކުރިއަށް އޮތް މެޗުގައި ބުދަ ދުވަހު ބައްދަލުކުރާނީ ހައިޓީއާ އެވެ. ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާ ސްކޮޓްލެންޑުން ފަހު މެޗުގައި ނުކުންނާނީ ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލްއާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;