ads
ހަދީސް ހިތިދަސްކުރުމުގެ ޕްރޮގްރާމެއް އިސްލާމިކް މިނިސްޓްރީން ފަށަނީ
6 އަހަރުންމަތީ ކުދިންނަށް މިނިސްޓްރީން ހަދީސް ހިތުދަސްކޮށްދެނީ
ހަދީސް ހިތުދަސްކުރުމުގެ ޕްރޮގުރާމެއްގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
Advertisement
އެ މިނިސްޓްރީން ބުނީ މި ޕްރޮގްރާމަކީ އިމާމް އައްނަވަވީގެ 40 ހަދީސް ހިތުދަސްކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ. 

މި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ މަސްދުވަހުގެ މުއްދަތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

މި ޕރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މި ޕްރޮގްރާމްގައި އުމުރުން ހަ އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވޭވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. 

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް އިސްކާމިކް މިނިސްޓްރީން ބުނެއެވެ. އެގޮތުން މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮންލައިން ފޯމް ފުރިހަމަކޮށް ފޮނުވުމަށް އިސްލާމިކް މިނިސްޓްރީން އެދެއެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;