ads
ސިވިލް ކޯޓް: ފޮޓޯ ރާއްޖެއެމްވީ
ސިވިލް ކޯޓަށް 3 ގާޒީން ހޯދަނީ، ކުރިމަތިލާން އެދެފި
ސިވިލް ކޯޓުގެ ޤާޒީ ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން ހުޅުވާލައިފިއެވެ.
Advertisement

ޖޭއެސްސީން ބުނީ ސިވިލް ކޯޓަށް ތިން ގާޒީއަކު ބޭނުންވާކަމަށެވެ. ގާޒީއަކަށް މުސާރައިގެ ގޮތުގައި މަހަކު 37,700.00 ރުފިޔާ ލިބޭނެކަމަށާއި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 18,000.00 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3,300.00 ރުފިޔާ އަދި ފޯން އެލަވަންސްގެ ގޮތުގައި މަހަކު 1,000.00 ރުފިޔާ ލިބޭނެކަމަށް ޖޭއެސްސީން ބުނެއެވެ. 

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް ލިބޭނެކަމަށް ޖޭއެސްސީން ބުނެއެވެ. 

ސިވިލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ މީހަކު ކަމުގައިވާންޖެހޭނެކަމަށެވެ. 

މި މަޤާމަށް އެދޭ ފަރާތްތަކުން އަންނަމަހުގެ 01 ވަނަ ދުވަހުގެ 12:00 ގެ ކުރިން  ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކށް ހުށައެޅުމަށް ޖޭއެސްސީން ވަނީ އެދިފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;