މިކަމާއި ގުޅިގެން ސީޒަން ސީއެންއެމް އަށް ކިޔާދިން ގޮތުގައި މި ބޭންޑްގައި އޭނާގެ އިތުރުން ވޯކަލިސްޓް ތީލް، ގިޓަރިސްޓް ސިރާ އަދި ކީބޯޑްޑިސްޓް ސާއިދު ހަރަކާތްތެރި ވާނެ ކަމުގައި އެވެ.
ސީޒަން ފާހަގަ ކުރި ގޮތުގައި މިދިޔަ އީދުގެ ތެރޭގައި ވެސް ހަމަ އާއިލާ އާއި ރަހުމަތްތެރިންނަށް މި ބޭންޑުން ޕާފޯމް ކޮށްފައިވާ ކަމަށާއި އެ ކަމުގެ ތެރެއިން މި ބޭންޑް އާންމުގެ ތެރެއަށް ނިކުމެ ޕާފޯމް ކުރުމުގެ ހިޔާލު އައުމުން އެކަން ކުރަން ނިންމީ ކަމުގައި އެވެ.
އޭނާ އިތުރަށް ބުނިގޮތުގައި މިކަން ކުރާ އިރުވެސް އާއިލާ އަދި ރަހުމަތްތެރިންގެ ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށާއި އެކަމަށްޓަކާއި އެ މީހުންނައް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމުގައި އެވެ.
ދަ ގްރީން
ކުރިޔަށް އޮތްތަނުގައި ވެސް ހަމަ ޝޯތައް ލިބޭ ވަރަކުން އެ ބޭންޑުން ކުޅެމުންދާނެ ކަމަށާއި މިކަމަކީ ކޮންމެހެން ކެރިއާރް އެއްގެ ގޮތުގައި ކުރާ ކަމެއް ނޫން ކަމަށް ވެސް އޭނާ ފާހަގަ ކުރި އެވެ.
އޭނާ ބުނީ މި ބޭންޑްގެ ހުރިހާ ފަންނާނުންވެސް ހުސްވަގުތުގައި ލިބޭ ޝޯތައް ނަގާނެ ކަމުގައި އެވެ.
ދަ ގްރީންސް އިން އެންމެ ފަހުން ކުޅެފައިވަނީ މި މަހުގެ 19 ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލްގައި ކުރިޔަށް ދިޔަ "ނޭޕާ ޖަތްރާ"ގެ ތެރެއިން ނެވެ. މި ސޯ ދަ ގްރީންގެ އިތުރުން އުޖަން ސަކްޔާ އަދި ކުމާ ސާގަރު ވެސް ބައިވެރިވެފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;