އާބާދީގައި 300 ހަމަނުވާ ހިރަމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމީ މިދިޔަ ފެބްރުއަރީ މަހުގައެވެ.
ހަނިމާދޫ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހދ. ހިރިމަރަދޫ އަވަށު އޮފީސް ހިންގުމަށް ހަނިމާދޫ ކައުންސިލުން ބޮޑު ހޭދަތަކެއް ކޮށްފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ހަނިމާދޫގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތައް ހުއްޓާލަން ޖެހިދާނެކަމުގެ ކަންބޮޑުވުން އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
ހަނިމާދޫ ކައުންސިލްގެ ބަޖެޓުން ހިރިމަރަދޫއަށް ކުރި ހަރަދުތައް
ހަނިމާދޫ ކައުންސިލުން ބުނީ މިދިޔަ މޭ މަހު ހިރިމަރަދޫ އަވަށު އޮފީހުގެ ބޭނުންތަކަށް ހަނިމާދޫގެ ބަޖެޓުން ޖުމްލަ 267,780.43 ހަރަދުކޮށްފައިވާކަމަށެވެ.
ހަނިމާދޫ ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތައް ހުއްޓިދާނެކަމުގެ ބިރު
ހަނިމާދޫ އަވަށު އޮފީސް (ހިރިމަރަދޫ)ގެ މިހަރަދުތައް ކުރެވިފައިވަނީ ހަނިމާދޫ ކައުންސިލްގެ ބަޖެޓުންކަމަށްވުމާއި ހިރިމަރަދޫގެ ބަޖެޓު (ބްލޮކް ގްރާންޓް) އަދިވެސް ހަނިމާދޫ ކައުންސިލަށް ޖަމާކޮށްފައި ނުވާކަމަށް ހަނިމާދޫ ކައުންސިލުން ބުނެއެވެ. އަދި މިހާތަނަށް ހަނިމާދޫ ކައުންސިލަށް ކުރެވުނު މަސައްކަތުން ރަޢީސުލްޖުމްހޫރިއްޔާގެ އެންގުމާއި އެއްގޮތަށް ހިރިމަރަދޫ ކައުންސިލްގެ ބްލޮކް ގްރާންޓް ހަނިމާދޫ ކައުންސިލަށް ސަރުކާރުން ދޫކުރާނެ ކަމުގެ އެއްވެސް އަލިމަގެއް ފެނިފައިނުވާކަމަށެވެސް ހަނިމާދޫ ކައުންސިލުން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ހަނިމާދޫ ރައްޔިތުންނަށް ފޯރުކޮސްދޭ އަސާސީ ބައެއް ހިދުމަތްތައް ހުއްޓުމުކަަށް އަތުވެދާނެކަމުގެ ކަންބޮޑުވުން ކައުންސިލުން ވަނީ ފާޅުކޮށްފައެވެ.
މިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށްފަހު ރައީސް ގެ ގަރާތަކުން ވަނީ ހދ. ހިރިމަރަދޫ މީހުންނުޅޭ ރަށަކަށް ހަދާ އެރަށު އުންސިލު އުވާލާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;