މާލޭ ސިޓީ ކައުންސިލުން ބުނީ ފުރުޤާން މިސްކިތުގެ ކުޑަ ދޮރަކަށް ގެއްލުންދީ، އެ ދޮރުގެ ބިއްލޫރިގަނޑު ތަޅައިލައިފައިވާކަމަށެވެ.
މިސްކިތަށް ލިބިފައިވާ މި ގެއްލުންތަކާ ގުޅިގެން މިހާރު ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
މި ކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވަނީ، މި ފިނޑި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ. މޭޔަރު އާޒިމް ވިދާޅުވީ، އިސްލާމްދީނުގައި ނުހަނު ބޮޑަށް ހުރުމަތްތެރިކޮށް ހިތުމަށް އަންގަވައިފައިވާ މިސްކިތްތަކަށް މި ފަދަ ގެއްލުންތައްދޭ ފަރާތްތައް ހޯދައި، އެ ފަރާތްތަކަށް ހައްޤު އަދަބު ދިނުމަށް ގޮވާލާކަމަށެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ބަޔަކު ވަނީ ފުރުގާން މިސްކިތަށް ގާއުކާ އެތަނުގެ ދޮރުތައް ތަޅާލާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;