މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ، މި މައްސަލަ ރަށްތަކުގައި ދިމާވެފައިވަނީ މިސްކިތްތަކުގެ އަދަދު ގިނަވުމާއި އިމާމުންގެ ވަޒީފާ އަދާކުރެވޭ މިންވަރުގެ ފެންވަރު ހުރި މީހުން ބައެއް ރަށްތަކުގައި މަދުކަމުންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މި މައްސަލަ އަށް ހައްލު ހޯދުމަށްޓަކައި އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ދާއިރާއަށް ޝައުގުވެރިވާ ކުދިންނަށް އިތުރަށް ވަޒީފާގެ ފުރުސަތު ފަހި ކުރުމާއި، އިމާމުކަމުގެ ކޯހެއް ނުވަތަ އެއާ ގުޅުން ހުރި ކޯހެއް ނެތް ފަރާތްތަކަށް، މިނިސްޓްރީން ކަނޑާއަޅާ މިންވަރުގެ މުގައްރަރެއް ކަނޑައަޅައި އާއްމުކޮށް، އޭގެ ދަށުން ކޮންމެ އަހަރަކު އިމާމު ކަމާ ގުޅޭ އާއްމު އިމްތިހާނެއް ތައާރަފްކޮށް އިމާމްކަންކުރުމުގެ ހުއްދައެއް ތައާރަފް ކުރުމަށް މަޝްވަރާކުރަމުންދާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުންނާއި ވަގުތީ އިމާމުން ތިބުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މިނިސްޓްރީއިން މަސައްކަތްކުރަމުންދާ ކަމަށް ބުނެފަ އެވެ.
އެ މައްސަލަ ގިނަ ރަށްތަކުގައި ދިމާވެފައިވަނީ މިސްކިތްތަކުގެ އަދަދު ގިނަވެ، އިމާމުންގެ ވަޒީފާ އަދާކުރެވޭ މިންވަރުގެ ފެންވަރު ހުރި މީހުން ބައެއް ރަށްތަކުގައި މަދުވުމުންކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.
ރާއްޖޭގައި އިމާމުން އިތުރުކުރުމަށް އިމާމުން ތާޒާކުރުމުގެ ހާއްސަ ޕްރޮގްރާމެއްވެސް ވަނީ ފަށާފަ އެވެ. ރާއްޖޭގައި މިވަގުތުވެސް ގާތްގަނޑަކަށް 569 އެއްހާ ދާއިމީ އިމާމުން އުޅެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;