ads
މިރޭ އޮސްޓްރިޔާ ކޮޅަށް އާޖެންޓީނާގެ ލިއޮނެލް މެސީ ލަނޑު ޖަހަނީ
ފީފާ ވޯލްޑް ކަޕް: އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ނޮކައުޓް ބުރުން ޖާގަ ޔަގީން ކޮށްފި
ކެޕްޓަން ލިއޮނެލް މެސީގެ ގޯލުތަކުން 2-0 އިން އޮސްޓްރިއާ ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މުބާރާތުގެ ގަދަ 32 ޓީމު ވާދަ ކުރާ ނޮކައުޓް ބުރުން ޖާގަ ޔަގީން ކޮށްފި އެވެ.
Advertisement

ޓެކްސަސްގެ އާލިންގްޓަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މި ފޯރިގަދަ މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ދެ ލަނޑު ޖަހައި، ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލާފަ އެވެ.

މި ދެ ލަނޑާއެކު ވޯލްޑް ކަޕް ތާރީހުގައި މެސީ ޖެހި ލަނޑުގެ އަދަދު 18 އަށް އަރައި، ކުރިން ޖަރުމަނުގެ މިރޮސްލާވް ކްލޯޒާ ހަދާފައިވާ 16 ލަނޑުގެ ރެކޯޑު އޭނާ ވަނީ ފަހަނައަޅާ ގޮސްފަ އެވެ.

މެޗުގެ ކުރީކޮޅު މެސީ އަތުން ޕެނަލްޓީއެއް ބޭކާރުވި ނަމަވެސް، އޭނާ ވަނީ މެޗުގެ 38 ވަނަ މިނެޓުގައި އާޖެންޓީނާއަށް ކުރިހޯދައިދީފަ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ފަކުންޑޯ މެޑީނާ ނަގައިދިން ހުރަަހަކަށް އަރައި، އޭރިއާ ރޮނގުމަތިން ކަހަލަގޮތަކަށް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. 

މެސީ އޭނާގެ ރެކޯޑު އިތުރަށް ބޮޑުކުރީ މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތެރޭގައެވެ. މެޗުގެ އިތުރު ވަގުތުގައި މެސީއަށް އޮސްޓްރިއާ އޭރިއާތެރެއިން ދެ ފަހަރެއްގެ މަތިން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި، އޭނާ ވަނީ ދެވަނަ ގޯލު ޖަހާފަ އެވެ.

your imageމެސީ ގޯލު ޖެހުމަށް ފަހު އާޖެންޓީނާގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ. - ފޮޓޯ: އޭއެފްޕީ

އާޖެންޓީނާގެ ފުރަތަމަ މެޗުގައި މެސީ ހެދި ހެޓްރިކާ އެކު މިވަގުތު މި މުބާރާތުގެ ރަން ބޫޓާ އެންމެ ކައިރީގައި ފަސް ލަނޑު ހަމަކޮށްގެން ހުރީ ވެސް އޭނާ އެވެ. 

މި މެޗުން ހޯދި މޮޅާއެކު، ޖުމްލަ ހަ ޕޮއިންޓު ހޯދައި އާޖެންޓީނާއަށް ގަދަ 32ގެ ޖާގައެއް ކަށަވަރުވީ، ކުރިއަށް އޮތް މެޗުން ބަލިވި ނަމަވެސް، ގުރޫޕުގެ ތިންވަނަ ޓީމުގެ ގޮތުގައި ވިޔަސް އާޖެންޓީނާއަށް އެ ފުރުސަތު ލިބޭނެތީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;