ads
އިރާގު ކޮޅަށް ގޯލު ޖެހުމަށްފަހު ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭ އުފާފާޅުކުރަނީ - ފޮޓޯ: ގެޓީ
ފީފާ ވޯލްޑް ކަޕް: އިރާގު ބަލިކޮށް ފްރާންސް ދެވަނަ ބުރަށް
މޫސުން ގޯސްވެގެން ކުޅުން މެދުކަނޑާލަން ޖެހުނު މެޗުގައި އެމްބާޕޭގެ 2 ލަނޑުން އިރާގް ބަލިކޮށް ފްރާންސް ދެވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފި އެެވެ.
Advertisement

އެމެރިކާގެ ފިލަޑެލްފިއާގައި ކުޅުނު މި މެޗުގައިވެސް އެންމެ ފާހަގަކޮށްލެވުނީ ފްރާންސްގެ ކެޕްޓަން އެމްބާޕޭގެ ހުނަރެވެ. މެޗުގެ ދެ ހާފުގައި އޭނާ ކާމިޔާބުކުރި ދެ ލަނޑާއެކު، މި މުބާރާތުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ ހަތަރަކަށް އަރާފަ އެވެ.

އެމްބާޕޭގެ ފުރަތަމަ ގޯލަކީ މެޗުގެ 14 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން ޖެހި ގޯލެކެވެ. މެޗުގެ 54 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ފްރާންސްގެ ދެވަނަ ލަނޑު ޖަހާފަ އެވެ. މިއީ އިރާގުގެ ގޯލްކީޕަރު އަހުމަދު ބާސިލަށް ބޯޅަ ކޮންޓްރޯލް ނުކުރެވުމުން، އޮސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ޖެހި ލަނޑެކެވެ. 

އޭގެ ފަހުން މެޗުގެ 66 ވަނަ މިނެޓުގައި ފްރާންސް ޓީމުގެ ތިންވަނަ ލަނޑު އުފެއްދުމުގައި މައިކަލް އޮލީސޭ މުހިންމު ދައުރެއް އަދާކުރި އެވެ. އޭނާ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ދިން ރީތި ޕާހަކުން ޑެމްބެލޭ ވަނީ އެ ލަނޑު ކާމިޔާބުކޮށްފަ އެވެ. މިއީ ބޮޑު މުބާރާތެއްގައި ފްރާންސްގެ ޖާޒީގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ. 

your imageމޫސުން ގޯސްވުމުގެ ސަބަބުން ސްޓޭޑިއަމުން މީހުން ހުސްކޮށްފައި--

މެޗުގެ ދެވަނަ ހާފު ފެށިގެންދިޔައީ ދެ ގަޑިއިރުގެ މެދުކެނޑުމަކަށްފަހު އެވެ. އެ މެދުކެނޑުން ގެނެސްފައިވަނީ މޫސުން ގޯސްވުމާ ގުޅިގެން، ހާއްސަ ޕްރޮޓޮކޯލްގެ ދަށުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުންނެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވިއްސާރަވުމުގެ ސަބަބުން މެޗެއްގެ މެދުތެރެއިން އެހާ ބޮޑު ހުއްޓާލުމަކަށް ދިޔަ ފުރަތަމަ ފަހަރެވެ. 

your imageއެމްބާޕޭ ރޭގެ މެޗަށް ފަހު. އޭނާ ވަނީ ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު 16 މެޗުން 16 ގޯލު ޖަހައިފަ - ފޮޓޯ: އޭއެފްޕީ

ކޯޗު ޑިޑިއޭ ޑެޝޯމްޕްގެ އިރުޝާދުގެ ދަށުން ކުޅޭ ފްރާންސް ޓީމު މިފަހަރު އަމާޒު ހިފާފައިވަނީ 2022 ވަނަ އަހަރުގެ ފައިނަލުން ވީ ބައްޔަށްފަހު، ތިންވަނަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި މިލްކުކުރުމަށެވެ.  

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ ހުކުރު ދުވަހު ނޯވޭއާ ދެކޮޅަށް ފްރާންސް ނުކުންނައިރު، ހަ ޕޮއިންޓާއެކު އެ ޓީމު އޮތީ ގްރޫޕްގެ އެއްވަނަ ހޯދުމުގެ ވަރަށް ރަނގަޅު ފުރުސަތެއްގަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;