ads
ފްރާންސްގެ ބަޖެޓް އެއާލައިން ފްރެންޗްބީ
ފްރާންސްގެ ބަޖެޓް އެއާލައިން ފްރެންޗްބީގެ ދަތުރުތައް ރާއްޖެ އަށް ފަށަނީ
ފްރާންސްގެ ބަޖެޓް އެއާލައިން ފްރެންޗްބީގެ ދަތުރުތައް ރާއްޖެ އަށް ފަށަން ތައްޔާރުވެއްޖެއެވެ.
Advertisement

ފްރެންޗްބީ އަކީ 2016 ގައި އުދުހެން ފެށި އެއާލައިނެކެވެ.

އެއާލައިންގެ ދަތުރުތަޢް މުޅިން އަލަށް ރާއްޖެއަށް ފަށަން ނިންމާފައިވަނީ މިއަހަރުގެ ޑީސެމްބަރުމަހުގެ 19 ވަނަ ދުވަހުއެވެ. އަދި އަންނަ އަހަރުގެ މޭގެ ނިޔަލަށް ދަތުރުތައް ބާއްވާނެކަމަށް އެއާލައިނުން ވަނީ ބުނެފައެވެ.

ފްރާންސްގެ ބަޖެޓް އެއާލައިން ރާއްޖެއަށް ފެށުމުން އެގައުމަށް ސީދާ ދަތުރުކުރާ ފަރާތްތަކަށް ފަސޭހަތަކެއް ލބިގެންދާނެކަމަށް  އެއާލައިނުން ބުނެއެވެ. އަދި ރާއްޖެއަށް ފްރެންޗްބީގެ ދަތުރުތައް ފަށާއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ 10 ގައުމުގެ ލިސްޓުގެ ހަތްވަނާގައި އޮތީ ފްރާންސްއެވެ. ޓްއަރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ފްރާންސުން ރާއްޖެ އަށް 29،000 އަށް ވުރެ ގިނަ ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;