އެންވަޔަރަމަންމަޓް މިނިސްޓްރީން ބުނީ ނާސަރީ ހަދަން 10 ރަށް ކަނޑައެޅިއިރު ކޮންމެ ރަށަކަށް އެ މަސައްކަތް ކުރަން 500,000ރ. ގެ އެހީ ދޭން ނިންމާފައިވާކަމަށެވެ. އެހެންކަމުން މި މަސައްކަތަށް ޖުމްލަ 5 މިލިއަން ހޭދަވާނެކަމަށް މިނިސްޓްރީން ބުނެއެވެ.
ނާސަރީ އަޅާ 10 ރަށް
މިނިސްޓްރީން ވަނީ ނާސަރީ އެޅުމުގެ އެއްބަސްވުމުގައި އެ ރަށްތަކުގައި ކައުންސިލްތަކާއި އެކު ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައިވާ ގޮތުން ސޮއިކުރި ތާރީހުން ފެށިގެން ހަތް މަސްދުވަހުގެ ތެރޭގައި ނާސަރީގެ މަސައްކަތް ނިންމަންޖެހއެވެ.
އެ ނާސަރީތަކަކީ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި މައިގަނޑު މަރުކަޒުތަކެއްގެ ގޮތުގައި ބޭނުންކުރާނެކަމަށާއި ކޮންމެ ނާސަރީއަކުން އަހަރަކު ގާތްގަނޑަކަށް 50,000 ގަސް ހެއްދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ ގަސް އިންދާފައިވާ ކަމަށާއި މި އަހަރުގެ އަމާޒަކީ އިތުރު އެއް މިލިއަން ގަސް އިންދުންކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;