ads
ނަހޫގެ މަޖުނޫންގެ ދައްކާލި ފުރަތަމަ މަންޒަރު
ނަހޫގެ މަޖްނޫނުގެ ފުރަތަމަ މަންޒަރު، ޝާރިފާއި ޝިފާ އިންޓެންސް ސީނެއް
ރާއްޖޭގެ މަޝްހޫރު އަދި ކާމިޔާބު ޑައިރެކްޓަރު ފާތުމަތު ނަހުލާ މި އަހަރު ގެނެސްދޭން ތައްޔާރުވަމުން އަންނަ 'މަޖުނޫނު' ގެ ފުރަތަމަ މަންޒަރު ދައްކާލައިފިއެވެ.
Advertisement

ނަހޫގެ 'މަޖުނޫނު' ގެ ލީޑްތަރިންނަކީ އަހުމަދު ޝާރިފާއި މަރިޔަމް ޝިފާއެވެ. މީ ދެތަރިން އެކުގައި ބޮޑު ސްކްރީނުން ފެންނަ ފުރަތަމަ ފަހަރުވެސް މެއެވެ. 

'މަޖުނޫނު' ގެ ފޭސްބުކް ޕޭޖުގައި ވަނީ މި ދެތަރިން އެކުގައި ފެންނަ މަންޒަރެއް ވަނީ ދައްކާލާފައެވެ. އެގޮތުން ޝާރިފާ ޝިފާގެ ވަރަށް ކްލޯސް އިންޓެންސް މަންޒަރެއް ވަނީ ހިއްސާކޮށްފައެވެ. އެއާއި އެކު ވަނީ ޅެން ބަތެއްވެސް ހިއްސާކޮށްފައެވެ.

ލިބުން ހަބަރު މިހިތަށް ދިނީ ސިހުމެކޭ، ރިހުން ތާއަބަދު ނުފިލި އަނިޔާއެކޭ، ލޮލުން ކަރުނަ ނުހިކޭ ހަޔާތް ބަނަވިޔޭ، މިހިތްކުދިވެ ފިސްފިސްވެ ދާވަރުވިޔޭ. (މަޖުނޫންގެ މަންޒަރާއި އެކު ލިޔެފައިވެއެވެ.) 

'މަޖުނޫނު' ގެ ކާސްޓުންގެ ތެރޭގައި ނަހުލާގެ އެންމެ ފަހުން ގެނެސްދިން 'ސޮރީ' ގައި މުހިއްމު ރޯލުތަކުން ފެނިގެންދިޔަ ވާ ވާޝިޔާ މުހައްމަދާއި އަހުމަދު އީސަ (އާނަންދު) ވެސް ހިމެނެ އެވެ. އަދި އެ ފިލްމުގެ ރޯލުތަކެއް ކުޅުނު ކުޑަ ދެ ކުދިން ކަމަށްވާ ނަހުލާގެ ހަގު ދަރިފުޅު އާއިޝާ ލަޔާލީ ސިނާން (ލާލީ) ގެ އާއި މާމަދަރިފުޅު އެވްލިން ފިރާޝް (އެވްލީ) ވެސް ފިލްމު މަޖުނޫނުގެ ތަރިންގެ ލިސްޓުގައި ހިމެނެއެވެ.

މި އަހަރު އޮކްޓޫބަރު މަހު 26 ވަނަ ދުވަހު ނެރެން ހަމަ ޖެހިފައިވާ ނަހޫގެ މަޖުނޫނު ގެ ފިލްމު ގެ ޝޫޓިންތައް މިހާރު ވަނީ ފަށާފައެވެ. 

 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;