ads
މިއަދުގެ ޖަލްސާގެ ތެރެއިން
މަޖިލިސް ހަލަބޮލިވެ އެމްޑީޕީގެ ނުވަ މެންބަރުން ތަޅުމުން ބޭރުކޮށްލައިފި
މަޖިލިސް ހަލަބޮލިވެ އެމްޑީޕީގެ ނުވަ މެމްބަރުންގެ ނަން އިއްވާ ތަޅުމުން ބޭރުކޮށްލައިފިއެވެ.
Advertisement

މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެމްބަރު އިހްތިޖާޖުކުރީ ދާދި ފަހުން މަޖިލިހަށް އިންތިހާބުވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުالله ސާދިގު (ސޯބެ) އަށް މަޖިލީހުގެ އެއްވެސް ކޮމިޓީއަކުން ޖާގަ ދީފައިނުވާތީއެވެ. 

އެ އިހްތިޖާޖުގެ ތެރެއިން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައިސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެމްޑީޕީގެ ނުވަ މެމްބަރެއްގެ ނަން އިއްވާ ތަޅުމުން ބޭރުކޮށްފައެވެ.

ތަޅުމުން ބޭރުކުރި މެމްބަރުން

  1. ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
  2. ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
  3. ތޮއްޑޫ ދާއިރާގެ މެމްބަރު ހުސައިން ސަމީރު
  4. ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ
  5. މަރަދޫ ދާއިރާގެ މެމްބަރު އަހްމަދުދީދީ
  6. ކެޔޮދޫ ދާއިރާގެ މެމްބަރު މުހްއްމަދު ނިއުޝާދު
  7. ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
  8. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް
  9. ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;