މި މައްސަލަ ސަމާލުކަމަށް އައުމާއެކު، އެ މިނިސްޓްރީން ދަނީ ފުލުހުންނާ ގުޅިގެން މިކަން ހިނގައި ދިޔަ ގޮތާއި، މީގައި ޒިންމާވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި ކަމުގައި ކުށްވެރިވާ ފަރާތްތަކާމެދު ގާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
އުސްގެކޮޅުގައި އިންޓްރެކްޓިވް މިޔުޒިއަމެއް ހަދަން މި ސަރުކާރުން ނިންމާފައިވާއިރު އެ ބަދަލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެތަނަށް ގެންނަވަން ބޭނުންފުޅުވާ ބަދަލެއް ކަމަށް ކުރީގެ މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެފައިވެ އެވެ.
އެކަމަކު ހެރިޓޭޖް މިނިސްޓްރީން މިއަދު ބުނީ އެ މަޝްރޫއުއާ ގުޅިގެން އުސްގެކޮޅުގެ ތަޅުދަނޑި އާއި އެތަން ބެލެހެއްޓުމުގެ ކަންކަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްދޭން މާލޭ ސިޓީ ކައުންސިލުގައި އެދިފައިވިޔަސް އެތަން މިނިސްޓްރީއާ ހަވާލުކޮށްފައިނުވާ ކަމަށެވެ.
އުސްގެކޮޅަކީ މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު، އައްސުލްތާން ހާޖީ އިމާދުއްދީން (6 ވަނަ) ގެ ރަސްކަމުގައި ބިނާކުރެއްވި، 100 އަހަރަށް ވުރެ ގިނަދުވަސްވެފައިވާ އާސާރީ ބިނާއެކެވެ. ސަތޭކަ އަހަރަށް ވުރެ ގިނަ ދުވަސްވީ އެ ތަނަކީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބިނާ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;