ads
ޖަޕާނުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކުރުން
ޖަޕާނުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި
ބޯޑަރުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ޖަޕާނު ސަރުކާރުން އެހީގެ ރާއްޖޭގެ ފޭޝަލް ރެކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި އެވެ.
Advertisement

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކޯޕަރޭޓް ހޯލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނުގެ ސަރުކާރުގެ ފަރާތުން މި ސިސްޓަމު ހަވާލުކޮށް ދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ އެވެ. މި ސިސްޓަމާ ހަވާލުވެ ވަޑައިގަތީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނެވެ.

މި ރަސްމިއްޔާތުގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު ފަސީހްގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު އާއި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދުގެ އިތުރުން ޖަޕާނު ސަރުކާރުގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.

މި ސިސްޓަމަކީ ރާއްޖޭގެ އެއާޕޯޓްތަކުން ދަތުރުކުރާ ފަސިންޖަރުންގެ މައުލޫމާތު އަވަހަށް ސާފުކުރުމަށާއި، ބޯޑަރު ހުރަސްކުރާ މީހުންގެ އައިޑެންޓިޓީ ކަށަވަރުކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ ގޮތުން މި އައު ސިސްޓަމްގެ ސަބަބުން ބޯޑަރު މެނޭޖްމަންޓް ވަރުގަދަވެ، ކިއޫތަކުގައި މަޑުކުރަންޖެހޭ ވަގުތު މަދުވެ، އެއާޕޯޓުގެ ހިދުމަތްތަކުގެ ހަލުވިކަމާއި ރައްކާތެރިކަން ދުނިޔޭގެ ފެންވަރަށް މަތިވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މި ރަސްމިއްޔާތަށްފަހު މިނިސްޓަރު އިހްސާނާއި ޖަޕާނުގެ ސަފީރު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގައި ހުންނަ އިމިގްރޭޝަން އެރައިވަލް ހޯލަށް ޒިޔާރަތްކޮށް މި ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފަ އެވެ.

ޖަޕާން ސަރުކާރުން ފޯރުކޮށްދެއްވި މި އެހީތެރިކަމަށް ރާއްޖެއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;