ads
މިރޭ އެކުއެޑޯ އިން ޖަރުމަނު ބަލިކުރީ 2-1 އިން
ފީފާ ވޯލްޑް ކަޕް: އެކުއެޑޯ އިން ޖަރުމަނު ބަލިކޮށްފި
މިރޭ އެކުއެޑޯ އިން ޖަރުމަނު ބަލިކުރީ 2-1 އިން
ފީފާ ވޯލްޑް ކަޕްގައި ޖަރުމަނު 2-1 އިން ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުން އިކުއެޑޯ ޖާގަ ހޯދައިފި އެވެ.
Advertisement

ޖަރުމަނުން ވަނީ މެޗު ފަށައިގެން ދެ ވަަނަ މިނިޓްގައި ކައި ހަވާޓްޒް ދިން ބޯޅައަކުން ލެެރޯއި ސާނޭ ޖެހި ގޯލާ އެކު ލީޑުނަގައިފަ އެވެ. ސާނޭ އެ ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން ޖަރުމަނުގެ އަލެކްސަންޑަ ޕަވްލޮވިޗް މައްޗަށް ފައިނަގައި އެކުއެޑޯ ކުޅުންތެރިއަކު ބޮލުގައި ފައިން ޖެހުމުން ފައުލެއް ކަމަށް އެޕީލް ކުރި ނަމަވެސް މެޗުގެ ރެފްރީ ވެސް އަދި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ވެސް ބަލާފައިނުވެ އެވެ. 

މެޗުގެ އެހާ ކުރީކޮޅުގައި ލީޑުނެގި ނަމަވެސް ޖަރުމަނަށް މާ ގިނައިރު ކުރީގައި އޮވެވޭގޮތެއްނުވި އެވެ. ޖަރުމަނުން ޖެހި ގޯލުގެ ހަތް މިނެޓުގެ ތެރޭގައި ހިތްގައިމު ގޯލަކާއެކު އެކުއެޑޯ އިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ވިލްސަން އަަންގޫލޯ ގޯލުގެ ތިރީ ކަަނަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. 

your imageޖަރުމަނު ކޮޅަށް ލަނޑު ޖެހުމަށް ފަހު އެކުއެޑޯގެ އަންގޫލޯ އުފާފާޅުކުރަނީ.

އޭގެ ފަހުން، އެކުއެޑޯގެ އެނާ ވެލެންސިއާ ޖެހި ޝޮޓެއް ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ. އެކުއެޑޯ އިން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުކުރީ 78 ވަނަ މިނިޓްގަ އެވެ. މިއީ، ކޯނަރަކުން ލިބުނު ފުރުސަތުން ގޮންޒާލޯ ޕްލާޓާ ޖެހި ގޯލެކެވެ. 

މެޗުގެ ފަހުކޮޅު ޖަރުމަނުން އެޓޭކު ވަރުގަދަކޮށް މަސައްކަތްކުރި ނަމަވެސް، އެކުއެޑޯ އިން ވަނީ ވަރުގަދަ ޑިފެންސިވް ކުޅުމެއް ދައްކައި، ދެވަނަ ބުރުގެ އުންމީދު ހޯދައިފަ އެވެ.

މި ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި އައިވަރީ ކޯސްޓުން ވަނީ ކިއުރަސާއޯ ބަލިކޮށްފަ އެވެ. މި މެޗުގައި އައިވަރީ ކޯސްޓުގެ ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ ނިކޮލަސް ޕެޕޭ އެވެ. 

މި ނަތީޖާތަކާއެކު އެއްވަނައިގައި އޮތް ޖަރުމަނާއި އައިވަރީ ކޯސްޓަށް، ކޮންމެ ޓީމަކަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ޖަރުމަން ކުރީގައި އޮތީ ހެޑް-ޓު-ހެޑް ނަތީޖާއިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;