ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް"ގެ 2 ވަނަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މާލެއަށް އެންމެ ބޮޑު މައްސަލައަކީ އިންތިހާއަށް ވެހިކަލްތައް ގިނަވެ ޕާކިންގެ މައްސަލަކަމަށެވެ.
އެގޮތުން މަގުތަކާއި ގޯޅިތަކުގެ ކަންކަން މަތީ ޕާކު ކުރުމާއި ހަނި ގޯޅިތަކުގައި ޕާކުކުރަމުން އަންނަ ގޮތަށް ބަދަލު ގެނައުމުގެ މަސައްކަތް އިންފުރާސްޓްރަކްޗާ މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ފުލުހުން ގުޅިގެން ކުރަމުން އަންނަކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މާލޭ މަގުތަކުގައި ހުރި މި ފަދަ މައްސަލަތައް ހައްލުކުރެވޭނީ މާލޭ ސިޓީ ކައުންސިލްގެ އެހީތެރިކަމާއި އެކުކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ މިހާރު އޮތް މާލޭ ސިޓީ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ނުލިބޭކަމަށެވެ. އަދި މިހާރު ކައުންސިލްގެ ކަންކަން ހުރިގޮތުން ސަރުކާރުން ކުރާ މިފަދަ ކަންކަމަށް އެ ކައުންސިލްގެ އެއްބާރުލުން ލިބޭނެހެން ހީފުޅުނުވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;