ރޭ ސްވިޑުންއާ 1-1 އިން އެއްވަރުވުމުން ގްރޫޕް އެފްއިން ދެވަނަ ޓީމުގެ ގޮތުން ޖަޕާން ވަނީ ގަދަ 32 ކަށަވަރުކޮށްފަ އެވެ. އަދި 29 ޖޫންގައި ޖަޕާން ނުކުންނާނީ ފަސް ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލްއާ ދެކޮޅަށެވެ.
ޖަޕާން އާއި ސްވިޑެން ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ ލީޑު ނެގީ ޖަޕާނުންނެވެ. މެޗުގެ 56 ވަނަ މިނެޓްގައި މި ގޯލު ޖަޕާނަށް ކާމިޔާބުކޮށްދިނީ ޑައިޒެން މަޔޭޑާ އެވެ. ނަމަވެސް އޭގެ ހަތް މިނެޓް ފަހުން އެންތޮނީ އެލާންގާ ވަނީ ސްވިޑެން އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ، އެލަންގާ މި ފަހަރުގެ ވޯލްޑް ކަޕްގައި ޖެހި ދެ ވަނަ ގޯލެވެ.
ގްރޫޕް އެފްގައި ޓިއުނީޝިއާ 3-1 އިން ބަލިކޮށް ހަތް ޕޮއިންޓާ އެކު އެއްވަނަ ހޯދީ ނެދަލެންޑްސް އެވެ. ނޮކްއައުޓް ބުރުގައި ނެދަލެންޑްސް ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.
ނެދަލެންޑްސް އިން ރޭގެ މެޗުގެ ހަތް މިނިޓް ތެރޭ ދެ ގޯލު ޖެހި އެވެ. އެ ގޮތުން، މެޗުގެ ދެ ވަަނަ މިނިޓްގައި ނެދަލެންޑްސް އިން ލީޑުނެގީ ޓީއުނީޝިއާގެ އެލްޔެސް ޝިކީރީ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އެގެ ފަސް މިނިޓް ފަހުން، ވާޖލް ވެން ޑައިކް ދިން ބޯޅައެއް ބްރަޔަން ބްރޮބީ ވަނީ ގޯލަށް ފޮނުވާލައިފަ އެެވެ.
މެޗުގެ އެހާ ކުރީކޮޅުގައި ދެ ގޯލުގެ ލީޑެއް ލިބި ނެދަލެންޑްސް އިން މެދުތެރޭގެ ކޮންްޓްރޯލް ނަގައިގެން ކުޅެމުންދިޔައިރު، ފުރަތަމަ ހާފުގައި އިތުރު ގޯލެއް ޖެހޭގޮތެއްނުވި އެވެ. އެކަމަކު، ދެ ވަނަ ހާފުގެެ ކުޅުން ފަށައިގެން ނުވަ މިނިޓް ތެރޭ ޓިއުނީޝިއާ އިން ލަނޑު ޖެހި އެވެ. މިއީ، 54 ވަނަ މިނިޓްގައި ހަނިބަލް މެޖްބްރީ ދިން ބޯޅައަކުން ހަޒެމް މަސްތޫރީ ޖެހި ގޯލެކެވެ. މި ލަނޑު ޖެހިތާ އަށް މިނިޓް ފަހުން، މެޗުގެ 62 ވަނަ މިނިޓްގައި، ޕައުލް ވެން ހެކާ ވަނީ ނެދަލެންޑްސްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މިއީ، ޓިޖާނީ ރައިންޑާސް ދިން ބޯޅައަކުން ވެން ހެކާ ޖެހި ގޯލެކެވެ.
ސްވިޑެން ދެވަނަ ބުރުން ޖާގަ ހޯދީ އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ސްވިޑެން ނުކުންނާނެ ކަމަށް ބެލެވެނީ ފްރާންސާ ދެކޮޅަށެވެ. ގްރޫޕްގެ ފުލަށްދިޔަ ޓިއުނީޝިޔާ އަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;