ads
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގެ ގައޮ އޮތް ތުރުކީންގެ ބައެއް ކުޅުންތެރިން.
ފީފާ ވޯލްޑް ކަޕް: ތުރުކީން އެމެރިކާ ބަލިކޮށްފި
ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މުބާރާތް ބާއްވާ އެއް ގައުމު އެމެރިކާގެ މައްޗަށް ތުރުކީން ކުރި ހޯދައިފި އެވެ.
Advertisement

ގްރޫޕް ޑީގެ ފަހު މެޗުތަކުގައި ތުރުކީން އެމެރިކާ ބަލިކުރީ 3-2 ގެ ނަތީޖާ އަކުން ނެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗެކޭ އެއްގޮތަށް އެމެރިކާ އިން ވަނީ ތުރުކީއާ ދެކޮޅަށް ވެސް މެޗުގެ ކުރީކޮޅުގައި ލީޑުނަގައިފަ އެވެ. މި ލަނޑު މެޗުގެ ދެ ވަނަ މިނިޓްގައި ޖެހީ އޫސްޓަން ޓްރަސްޓީ އެވެ. އެކަމަކު، އޭގެ އަށް މިނިޓް ފަހުން، މެޗުގެ 10 ވަނަ މިނިޓްގައި ތުުރުކީގެ ތަރި، އާޑާ ގުލާ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. 

ތުރުކީން ވަނީ މެޗުގެ 31 ވަނަ މިނިޓްގައި ބަރިސް ޔިލްމާޒް ޖެހި ގޯލުން ލީޑުނަގައިފަ އެވެ. މި ލަނޑާ އެކު، ލީޑުގައި އޮވެގެން ތުރުކީން ފުރަތަމަ ހާފު ނިންމާލި ނަަމަވެސް ދެ ވަނަ ހާފު ފެށިތަނާހެން އެމެރިކާ އިން އެއްވަރުުކުރި އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު މެޗުގެ 49 ވަނަ މިނިޓްގައި ކާމިޔާބުކުރީ ސަބެސްޓިއަން ބާހޯލްޓާ އެވެ. 

މެޗު އެއްވަރުވެގެން ނިމޭނެކަމަށް ބެލެވިފައިވަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ވަގުތުގެ ތެރެއިން އަށް ވަނަ މިނިޓްގައި ތުރުކީން ވަނީ ލަނޑު ޖަހައިގެން މޮޅުވެފަ އެވެ. އެއީ އައިހާންގެ ލަނޑުންނެވެ. މެޗުން މޮޅުވި ނަމަވެސް ތުރުކީ ވަނީ މުބާރާތުން ކަޓާފަ އެވެ.

ތުރުކީ އަތުން 3 ޕޮއިންޓް ގެއްލުނު ނަމަވެސް 6 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދީ އެމެރިކާ އެވެ. ދެވަނަ ބުރުގައި އެމެރިކާއަށް އޮތީ ބޮސްނިޔާއާ ވާދަކުރާ މެޗެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;